މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

2017 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

2017 ވަނަ އަހަރު މާމެންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 4 ވަނަދުވަހުގެ 12:00 އަށް މަޢުލޫމާތު ސާފުކުރަން މި ސްކޫލަށް ހާޒިރުވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 12:00 ގައެވެ.

ނޯޓް: މަޢުލޫމާތު ނަގަން އަންނަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ނެގުމަށް ބަދަލުގައި އެހެން ފަރާތެއްވެސް ފޮނުވިދާނެއެވެ. ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް މަޢުލޫމާތު ނެގޭނީ 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ.

27 ޞަފަރު 1438

27 ނޮވެންބަރު 2016
ހޯދާ