މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ކޭބަލްޓީވީ ހިންގައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ށ. ކަނޑިތީމު ރައްޔިތުންގެ ކޭބަލްޓީވީ ހިންގައިދޭނެ ފަރާތެއް ހޯދުމާބެހޭ

ށ. ކަނޑިތީމު ރައްޔިތުންގެ ކޭބަލް ޓީވީގެ ޚިދުމަތް ރީބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ކަނޑިތީމު ރައްޔިތުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)271-ESMS/271/2016/32 (01 ނޮވެމްބަރ 2016) އިޢުލާނާއިގުޅިގެން ހުށަހަޅަންޖެހޭ ލިޔުންތަށް ފުރިހަމަކޮށް ހުށަހަޅާފައިވަނީ 2 ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ނެންގެވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ގަޑި

ތާރީޚު

ޓާރމްސް އޮފް ރިފަރެންސް ދޫކުރުން (ށ. ކަނޑިތީމު ކައުންސިލް އިދާރާ ކައުންޓަރ އަދި މެއިލުން)

ހެނދުނު 9:00 އިން މެންދުރު 12:00 އަށް.

1 ޑިސެންބަރު 2016 އިން 11 ޑިސެންބަރު 2016 އަށް.

އަންދާސީހިސާބު ހުށަހެޅުއްވުން (ށ. ކަނޑިތީމު ކައުންސިލް އިދާރާ)

ހެނދުނު 11:00

16 ޑިސެންބަރު 2016

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6540041 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މި އިދާރާގެ އީމެއިލް އެޑްރެހަށް: [email protected] ، [email protected] އީމެއިލް ކުރެއްވުމުންވެސް ލިބިލައްވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

27 ޞަފަރު 1438

27 ނޮވެންބަރު 2016
ހޯދާ