ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓާއި ވޮލީކޯޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ސަރުކާރުން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން، މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ ނެޓްބޯޅަކޯޓާއި ވޮލީކޯޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 6520039 ފޯނާ ގުޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުންޏަކުން ކަމުގައިވާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016
ހޯދާ