ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫޓަރު ގާޑިޔާ ގަންނަން

ސްކޫޓަރު ގާޑިޔާ ގަންނަން ބޭނުންވެއްޖެ

މި އިދާރާއަށް ޑަސްބިން ނުވަތަ އެންކްލޯޒްޑް ކޮށިގަނޑު ހަރުކުރި ވައްތަރުގެ 0.8 ޓަނުގެ ބެޓްރީ ޕަވަރޑް 1 ސްކޫޓަރު ގާޑިޔާއާއި، އާދައިގެ ތަށި ހަރުކުރި ފަހަތު ތަށި ހިއްލޭ ވައްތަރުގެ 0.8 ޓަނުގެ ބެޓްރީ ޕަވަރޑް 1 ސްކޫޓަރު ގާޑިޔަލާއެކު ޖުމްލަ 2 ސްކޫޓަރު ގާޑިޔާ ގަންނަން ބޭނުންވެއްޖެއެވެ.

ހުށަހަޅަންވީ ތަކެތި:

  • ހުށަހަޅާ އަގު / އަންދާސީހިސާބު (2 ސްކޫޓަރު ގާޑިޔާ ވިއްކޭނެ އަގު)؛ އަގު ހުށަހަޅުއްވާއިރު؛ ރޯޑްވާރދިނަސް ހެދުމާއި، ރަޖިސްޓަރީކޮށްދިނުމާއި، އަހަރީ ފީ އާއި ނަންބަރުޕްލޭޓް ހަދައިދިނުން، ރަށާ ހަމަޔަށް (ގދ.މަޑަވެލީ ޖެޓީއާ ހަމަޔަށް) ގެނެސްދިނުން، އަދި އެންމެހައި ޓެކްސްތަކާއި ޗާޖުތައް ހިމަނަންވާނެއެވެ.
  • ސަޕްލައިކޮށްދޭނެ މުއްދަތު؛ މުއްދަތު ހުށަހަޅުއްވާނީ ދުވަހުންނެވެ.
  • ކުންފުނީގެ މަޢުލޫމާތު؛ ޕްރޮފައިލް، ރަޖިސްޓްރޭޝަނުގެ ކޮޕީ އަދި ތަޖުރިބާގެ ލިޔުންތައް.
  • ވޮރެންޓީ ލިޔުން؛ އަދި ޓެކްނިކަލް ސްޕެސިފިކޭޝަން

އަންދާސީހިސާބު އިވެލުއޭޓްކުރެވޭނެ ގޮތުގެ ތަފުސީލު:

* އަގަށް:   70 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ މާކްސް ލިބޭ އުސޫލުން)

* މުއްދަތަށް: 10 ޕޮއިންޓް (އެންމެ ކުރު މުއްދަތަށް ގިނަ މާކްސް)

* ތަޖުރިބާ: 10 ޕޮއިންޓް (މިފަދަ ތަކެތި ސަޕްލައިކޮށްފައިވާނަމަ، މަސައްކަތްކުރިކަމުގެ ލިޔުންތަކަށް)

* ވޮރެންޓީ: 10 ޕޮއިންޓް (އެންމެ ދިގު މުއްދަތަށް ވޮރެންޓީ ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭގޮތަށް)

ވީމާ، މި އިދާރާއަށް ސްކޫޓަރު ގާޑިޔާ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބު ބަލައިނުގަންނަ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، ރަސްމީ ގަޑީގައި 6840006 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

28 ނޮވެންބަރު 2016
ހޯދާ