ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެޓުފިކެޓު 3 އިން ޖަނާއިޒު

އިޢުލާން

ތިރީގައި މިވަނީ، މި ޔުނިވަރސިޓީގައި ޖަނަވަރީ 2017 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި، ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް 

ސެޓުފިކެޓު 3 އިން ޖަނާއިޒު

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސްހިންގާ ކެމްޕަސް: ކ. މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު، ލިޔެކިޔުމާބެހޭ ވަޒީފާއެއްގައި 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

27 ނޮވެންބަރު 2016
ހޯދާ