މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން  

މި މަދަރުސާގެ ބައެއް ފުރާޅުތަކުގެ ޓިނު ބަދަލުކޮށް، ސީލިންގާއެކު ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން.

ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ ބައެއް ފުރާޅުތަކުގެ ޓިނު ބަދަލުކޮށް، ސީލިންގާއެކު ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ހާޒިރުވާ މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މި ބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީ، މިކަމަށް ކުރެވޭ އެއްވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭ ގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:00

2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 11:00

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި މަދަރުސާގެ އޭވީރޫމުގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500097 ނަންބަރު ފޯނާއެވެ.

23 ނޮވެންބަރު 2016
ހޯދާ