ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަދަރުސާގެ މިދަންނަވާ މަރާމާތުތައް ކުރުމަށް ބޭނުންވެއްޖެއެވެ.  

1- ސީލިންގ ބަދަލުކުރުން. އެލްކޭޖީ ކްލާސްރޫމް / ޔޫކޭޖީ ކްލާސްރޫމް / ގްރޭޑް 3

2- ސީލިންގ މަރާމާތުކުރުން. (ގްރޭޑް 10 ގެ ކްލާސްރޫމް)

3- ކުޑަދޮރުތަކުގެ ވައިތަންޑު ބަދަލުކުރުން.

4- އިމާރާތުގެ ދިޔަދޮވި ބަދަލުކުރުން.

5- ދަރިވަރުންގެ ޑެސްކު މަރާމާތުކުރުން.

6- ސްޓޮކް އަލަމާރި މަރާމާތުކުރުން.

7- ކަބަޑު މަރާމާތުކުރުން. (ސްޓާފްރޫމް)

8- ދޮރުފަތް ބަދަލުކުރުން. (ތަޅާއެކު)

9- ގޭޓް މަރާމާތުކުރުން.

10- ކަބަޑުގެ ތަޅު މަރާމާތުކުރުން. (ސައިންސްލެބް)

11- ކަބަޑު މަރާމާތުކުރުން. (ޕްރިންގޓިންރޫމް)

12- ޓީޗަރުންގެ މޭޒު ގަތުން. (ކްލާސްރޫމްތަކަށް)

13- ނަލަފިލާ މަރާމާތުކުރުމާއި ހަރުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 10:00 އަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 10:00 އަށް މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ބިޑް ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭނެ ގޮތް

- އަގަށް: % 80      - މުއްދަތަށް:  % 10      - ތަޖުރިބާ:  % 10

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ހާޒިރުވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެނައުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީ ބަންދޫ ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 7733939 އަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ކުންފުންޏަކުން ނުވަތަ ވިޔަފާރިއަކުން މީހަކު ހާޒިރުވާނަމަ، ހާޒިރުވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މި އިޢުލާންކުރުމުން މިކަމާބެހޭގޮތުން މީގެކުރިން ކޮށްފައިވާ އިޢުލާން ނަންބަރު 124/2016 (2 ނޮވެންބަރު 2016) ގެ އިޢުލާން ބާޠިލުކޮށްފީމެވެ.

24 ނޮވެންބަރު 2016
ހޯދާ