މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ނ.ވެލިދޫގައި ގާއިމުކުރަން ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމު (ޒޯން 1) ގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ޕަމްޕިންގ ސްޓޭޟަން ހަދައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ނ.ވެލިދޫގައި ގާއިމުކުރަން ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމު (ޒޯން 1) ގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ޕަމްޕިންގ ސްޓޭޟަން ހަދައިދޭނެ ފަރާތެއް ހޯދުން

މި ކުންފުނީގެ ފަރާތުންދޭ މައުލޫމާތާ އެއްގޮތްވާގޮތުގެ މަތިން ނ.ވެލިދޫގައި ގާއިމުކުރަން ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމު (ޒޯން 1) ގެ ހޮޅިވަޅުލުމުގެ މަސައްކަތްކުރުމާއި، ޕަމްޕިންގ ސްޓޭޟަންތައް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/500 ރުފިޔާއެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 24 ނޮވެންބަރު 2016 އިން 28 ނޮވެންބަރުު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގގެ ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 2016 ނޮވެންބަރު 29 ވަނަ ދުވަހުގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލައިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައި ވަނީ 2016 ޑިސެންބަރު 4 ވަނަ ދުވަހު 11:00 ގައެވެ. އަދި ބިޑު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 2016 ޑިސެންބަރު 08 ވަނަ ދުވަހު 11:00 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ % 10 ބިޑް އެވޯޑްކުރެވޭތާ 14 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

 

24 ނޮވެންބަރު 2016
ހޯދާ