މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދޯންޏެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

ދޯންޏެއް ކުއްޔަށް ހިފުން

މި ކުންފުނީގެ ބޭނުމަށް މާލެއާއި، އެއަރޕޯޓާ ދެމެދު ދަތުރުކުރުމަށްޓަކައި ދޯންޏެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 05 ވާ ހޯމަދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 14:00 އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޒިރުވެ ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ.

23 ޞަފަރު 1438

24 ނޮވެންބަރު 2016
ހޯދާ