1. ލައިބްރަރީއަށް ލިބޭ ފޮތާއި ނޫސް މަޖައްލާއާއި، ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދޭ އެނޫން ތަކެތި، ހަމަޖެހިފައި އޮންނަ ނިޒާމުގެ ދަށުން ޕްރޮސެސްކޮށް ބެލެހެއްޓުން.
2. ލައިބްރަރީގެ ރިސޯސް ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިދިނުމަށް އެކުލަވައިލާފައިވާ އުސޫލުގެ ދަށުން ލައިބްރަރީ ސާރކިޔުލޭޝަންގެ ތެރޭގައި ހިމެނޭ ފޮތް ހޯދުމާއި، ރިޒާވްކުރުމާއި، ތަކެތި ދޫކުރުމާއި ބަލައިގަތުމާއި، ލައިބްރަރީގައި ހިމެނޭ އީ. ރިސޯސްތައް ބޭނުންކުރާނޭގޮތް އޮޅުންފިލުވައިދިނުމާއި، އެހީތެރިކަން ދިނުން.
3. އެ މުވައްޒަފަކަށް ހަވާލުކުރެވޭ ޝެލްފްތައް، ކަނޑައެޅިފައިވާ އުސޫލުން ތަރުތީބުކޮށް ބެލެހެއްޓުމާއި، ދުވަހީގޮތެއްގައި ޝެލްފް ރީޑް ކުރުމާއި ބެލެހެއްޓުން.
4. ލައިބްރަރީގެ އިންވެންޓަރީ ބެލެހެއްޓުމާއި، ލައިބްރަރީގެ ރިސޯސްތައް އޮންނަ އުސޫލުން ކެޓަލޮގްކުރުމުގައި އެހީތެރިވުމާއި، އަމިއްލައަށް ކެޓަލޮގްކުރުމަށް މަސައްކަތްކުރުން.
5. ފޮތްތައް ޕްރޯސެސްކުރުމުގައި ކަނޑައެޅިފައިވާ އުސޫލުން މަސައްކަތްކުރުމާއި، ހަލާކުވެ މަރާމާތުކުރަންޖެހޭ ތަކެތި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު މަރާމާތުކޮށް ސާރކިޔުލޭޝަން ތެރެއަށް ގެނައުމަށް މަސައްކަތް ކުރުން.
6. ލައިބްރަރީ ތަރައްޤީކޮށް، ޕްރޮމޯޓްކުރުމުގައި ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން. މިގޮތުން، ޑިސްޕްލޭ ހެދުމާއި، އެކިއެކި މުނާސަބަތު ފާހަގަކުރުމާއި، ކުރު ތަމްރީނު ހިންގުމާއި، ލައިބްރަރީގައި ކުރަންޖެހޭ އެނޫން ކަންކަން ކުރުން.
|