ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރުން

ގއ. އަތޮޅު ހޮސްޕިޓަލް ފޮޅައި ސާފުކުރުމާބެހޭ:

މި ހޮސްޕިޓަލުގެ ޢިމާރާތްތަކާއި ގޯއްޗާއި، ވަށައިގެންވާ މަގުތައް ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް 2 އަހަރުދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި، ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:  (IUL)GAAH/GAZ/2016/1003 އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު ޝީޓް ފުރިހަމަ ނުވުމުގެ ސަބަބުން އެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް 2 އަހަރުދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި، ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 01 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ގއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 06 ވާ އަންގާރަ ދުވަހުގެ 13:00 އަށް ގއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

22 ނޮވެންބަރު 2016
ހޯދާ