މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަނަރޭޓަރެއް ގަތުމަށް

އިޢުލާން

މި ކައުންސިލުން ބަލަހައްޓަމުންދާ ރައްޔިތުންގެ އިންޖީނުގެއަށް 600kw ގެ ކަމިންސް ޖަނަރޭޓަރެއް ގަތުމަށް:

މި ކައުންސިލުން ބަލަހައްޓަމުންދާ ރައްޔިތުންގެ އިންޖީނުގެއަށް 600kw ގެ ޖަނަރޭޓަރެއް ގަތުމަށް ބޭނުންވެއްޖެއެވެ.

މި ކައުންސިލުގެ ނަންބަރު: (IUL)303-AS/303/2016/69 (10 އޮކްޓޫބަރު 2016) ގެ އިޢުލާނާ ގުޅިގެން 600 ކޭޑަބްލިޔޫގެ ޖަނަރޭޓަރެއް ގެނެސް ދިނުމަށް އެދި ހުށަހަޅާފައިވާ އަންދާސީހިސާބުތަކާއެކު ހުށަހަޅަންޖެހޭ މާލީ ތަނަވަސްކަން އަންގައިދޭ ލިޔެކިޔުންތައް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ފުރުޞަތު އަލުން ހުޅުވާލަމެވެ. 

ވީމާ، ސުރުޚީގައި ދެންނެވިފައިވާ 600 ކޭޑަބްލިޔޫގެ ޖަނަރޭޓަރެއް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ގެނެސްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 11:30 އަށް މި އިދާރާއަށެވެ. ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލް އިދާރާގައި 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 11:30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ، އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންނަމަ އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ޕްރޮޕޯޒަލް އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލުން ހިންގަމުންދާ އިންޖީނުގެއަށް ބޭނުންވާ 600 ”KW“ ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެނެސްދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯންނަންބަރު، ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580118 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ތިރީގައިމިވަނީ މި މަސައްކަތުގައި މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ހުށަހަޅާ އަގަށް  %80

މުއްދަތަށް   % 10

މާލީތަނަވަސް ކަމަށް  % 10

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

21 ޞަފަރު 1438   

21 ނޮވެންބަރު 2016
ހޯދާ