އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ފާޚާނާ ބްލޮކް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލުގެ ސީ ބްލޮކް ޢިމާރާތުގެ ގްރައުންޑް ފްލޯގެ ފާޚާނާ ބްލޮކް މަރާމާތުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މި ސްކޫލުގެ ސީ ބްލޮކް އިމާރާތުގެ ގްރައުންޑް ފްލޯގެ ފާޚާނާ ބްލޮކް މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން މި ސްކޫލުން ކުރެވުނު ނަންބަރު (IUL)IS-B/2016/29 (6 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބާއެކު ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވާ 3 ފަރާތް ނެތުމުން، އެ އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 ޞަފަރު 1438

17 ނޮވެންބަރު 2016
ހޯދާ