އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ކޮރިޑޯގައި މުށިޖެހުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލް ޢިމާރާތުގެ ކޮރިޑޯގައި މުށިޖެހުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މި ސްކޫލް ޢިމާރާތުގެ ކޮރިޑޯގައި މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މި ސްކޫލުން ކުރެވުނު ނަންބަރު (IUL)IS-B/2016/28(06 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބާއެކު ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވާ 3 ފަރާތް ނެތުމުން އެ އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 ޞަފަރު 1438

17 ނޮވެންބަރު 2016
ހޯދާ