ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިސްލާމިކް ކެޕިޓަލް މާކެޓް އެވެއާރނަސް ވަރކްޝޮޕް 2016

އިޢުލާން

އިސްލާމިކް ކެޕިޓަލް މާކެޓް އެވެއާރނަސް ވަރކްޝޮޕް 2016

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ޓްރެއިނިންގ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން، އިސްލާމިކް ކެޕިޓަލް މާރކެޓުގައި އެކުލެވޭ ޕްރޮޑަކްޓުތަކުގައި އިންވެސްޓުކުުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް، 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހު ވަރކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މި ވަރކްޝޮޕް ކުރިއަށްދާނީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ކޮންފަރެންސް ހޯލްގައެވެ.

މި ވަރކްޝޮޕްގެ މަޤުޞަދަކީ އިސްލާމިކް ފައިނޭންސްއާއި، އިސްލާމިކް ކެޕިޓަލް މާރކެޓާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ. މިގޮތުން މި ވަރކްޝޮޕްގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މައިގަނޑު މަޢުލޫމާތުތަކުގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ އަސާސްތަކާއި، އިސްލާމިކް ފައިނޭންސް އަދި ކޮންވެންޝަނަލް ފައިނޭންސްގެ ތަފާތުތަކާއި، އިސްލާމިކް ބޭންކިންގއާއި ތަކާފުލް، އިސްލާމިކް ކެޕިޓަލް މާރކެޓް ޕްރޮޑަކްޓްތަކާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ. މި ވަރކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ދިވެހިބަހުންނެވެ. އަދި ވަރކްޝޮޕްގައި ބައިވެރިވުމަށް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.

މި ވަރކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، އެފަރާތެއްގެ ފުރިހަމަ ނަމާއި، ގުޅޭނެ ފޯނު ނަންބަރާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، 2016 ނޮވެމްބަރު 22 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެހަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ. މި ވަރކްޝޮޕާބެހޭ އިތުރު މަޢުލޫމާތު ހޯއްދުމަށް މި އޮތޯރިޓީގެ  3014112 ، 3014103 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.   

 

16 ނޮވެންބަރު 2016
ހޯދާ