އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ޑެސްކް މަރާމާތުކުރަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ކްލާސްރޫމްތަކުގައި ބޭނުންކުރަމުންގެންދާ ބައެއް ޑެސްކު މަރާމާތުކުރަން ބޭނުންވެއެވެ.                                    

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

14 ޞަފަރު 1438 

14 ނޮވެންބަރު 2016
ހޯދާ