ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ވިޔަފާރީގެ އުސޫލުން މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި މަދަރުސާއިން ކުރި ނަންބަރު GS-30/IUL/2016/18 (25-10-2016) ގެ އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ހާޒިރުވީ އެންމެ ފަރާތަކުންނެވެ. މިހެންވެ މަތީގައި ޙަވާލާދެވުނު އިޢުލާން ބާޠިލުކޮށް އަންދާސީހިސާބު ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ވުމާއެކު، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމަށާއި ، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަންވާނެއެވެ.

އައިޓަމް/ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

21-11-2016

ހޯމަ

10:00

ގދ.އަތޮޅު މަދަރުސާގެ އޮފީސް

އަންދާސީހިސާބު ހުށަހެޅުއްވުން

27-11-2016

އާދީއްތަ

10:00

ގދ.އަތޮޅު މަދަރުސާގެ އޮފީސް

13 ނޮވެންބަރު 2016
ހޯދާ