ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ފަހަށް ރައްކާކުރުމާއި އިންވެސްޓްކުރުން

ފަހަށް ރައްކާކުރުމާއި އިންވެސްޓުކުރުން

ހިއްސާ އަދި ބޮންޑުގައި އިންވެސްޓުކުރުމުގައި ބަަލަންޖެހޭ ކަންކަން

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޓްރެއިނިންގ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން، ކެޕިޓަލް މާރކެޓު މެދުވެރިކޮށް ފަހަށް ރައްކާކުރުމާއި އިންވެސްޓުކުުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސިލްސިލާ ސެޝަންތަކެއް މި އޮތޯރިޓީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހިއްސާ އަދި ބޮންޑުގައި އިންވެސްޓްކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ބެހޭގޮތުން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކެޕިޓަލް މާރކެޓު މެދުވެރިކޮށް ފަހަށް ރައްކާކުރުމާއި އިންވެސްޓު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ސެޝަންގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ، އިންވެސްޓު ކުރުމުގައި ސަމާލުވާންވީ ކަންކަމުގެ މައްޗަށެެވެ. މިގޮތުން ހިއްސާގެ ބަޔާން (ޕްރޮސްޕެކްޓަސް) ބަލައި އޭގައިވާ މަޢުލޫމާތުތައް ދެނެގަންނާނެ ގޮތާއި އިންވެސްޓު ކުރުމުގައި އެކުލެވޭ ރިސްކުތައް ދެނެގަތުމާއި ސެކަންޑަރީ މާރކެޓް މެދުވެރިކޮށް ހިއްސާ ގަނެވިއްކާނެ ގޮތުގެ މަޢުލޫމާތު ހިމެނޭނެއެވެ. މީގެ އިތުރުން ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމާއި، މި ދާއިރާއާގުޅޭ އިތުރު މަޢުލޫމާތު ހިއްސާކުރުމަށް ޕެނަލް ޑިސްކަޝަނެއް ކުރިއަށް ދާނެއެވެ. މި ސެޝަންގައި މަޢުލޫމާތު ދެއްވާނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު ޕވޓ. ލޓޑ. އާއި ސީއެމްޑީއޭ ގުޅިގެންނެވެ.

މީގެ އިތުރުން މި ސެޝަންތައް ކުރިއަށްދާއިރު މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގައި ހިއްސާގެ އެކައުންޓު ހުޅުވަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ވެސް ހުޅުވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ސެޝަންގައި ބައިވެރިވުމަށް އެންމެހައި ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ. ވީމާ، ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަންބަރާއެކު 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެހަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޓްރެއިނިންގ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން، ކެޕިޓަލް މާރކެޓު މެދުވެރިކޮށް، ފަހަށް ރައްކާކުރުމާއި އިންވެސްޓުކުުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސިލްސިލާ ސެޝަންތަކެއް މި އޮތޯރިޓީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހިއްސާ އަދި ބޮންޑުގައި  އިންވެސްޓްކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ބެހޭގޮތުން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  މި ސެޝަންގެ އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ 3014112 އާއި 3014103 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

06 ނޮވެންބަރު 2016
ހޯދާ