މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިޢުލާނަކީ، މި މިނިސްޓްރީން 20 އޮކްޓޫބަރު 2016 ގައި ކުރި،IUL)88-AHF/88/2016/34  ) ނަންބަރުގެ އިޢުލާނުގައި ބައެއް ކުށް ހުރިކަން ފާހަގަކުރެވިފައިވާތީ، އެ އިޢުލާނު އިޞްލާޙުކޮށްފައި، އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

މަޤާމް:

ކޮލިޓީ އޮޑިޓިންގ އޮފިސަރ (ވަގުތީ)  

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެ، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

ކޮލިޓީ އެންޑް ރެޖިސްޓްރޭޝަން ސެކްޝަން

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ޝަރުޠު:

1. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/  ބިޒްނަސް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/  ބިޒްނަސް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަނޭޖްމަންޓް ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ  މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ފަތުރުވެރިން ބައިތިއްބާ ރިޒޯޓް، ހޮޓެލް، ޕިކްނިކް އައިލެންޑް، ގެސްޓް ހައުސް، ޓޫރިސްޓް އުޅަނދުފަހަރު، ފީނުމާބެހޭ މަރުކަޒު، ޓްރެވެލް އެޖެންސީއާއި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ލިބިދޭ ޚިދުމަތާއި ތަނުގެ ފެންވަރު ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި އިންސްޕެކްޓްކޮށް ރިޕޯޓު ތައްޔާރުކުރުން.

2. މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފަތުރުވެރިން ބައިތިއްބާ ރިސޯޓް، ހޮޓެލް، ގެސްޓް ހައުސް، ފީނުމުގެ ޚިދުމަތްދޭ މަރުކަޒު، އުޅަނދުފަހަރާއި، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ފެންވަރުހުރީ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް އިންސްޕެކްޓްކުރުން.

3. މިނިސްޓްރީގެ އިދާރީ ޤާބިލިއްޔަތު އިތުރުކޮށް، ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިކުރުމަށްޓަކައި ޕްރޮވިންސްތަކުގައި މި ދާއިރާގެ މޮނިޓަރިންގއާއި ރެގިއުލޭޓަރީ މަސައްކަތްކުރާ ފަރާތްތައް ތަމްރީންކުރުމުގެ މަސައްކަތް ރާވައި ހިންގުން.

4. ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތާއި ތަނުގެ ފެންވަރު ކަނޑައެޅުމާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ގަވާއިދުތައް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވުން.

5. ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި ސްޓޭންޑަޑްތައް އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ދިރާސާކުރުން.

6. ރިޒޯޓްތަކަށް އަންގަންޖެހޭ އެންގުންތަކާއި، ފަޔަރ އެންޑް ސޭފްޓީގެ ތަމްރީންތަކާއި ޑްރިލްތަކާ ބެހޭގޮތުން ރިޒޯޓްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.

7. އިންޑަސްޓްރީއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެފައިވުމާއެކު، ކުރިން ހެދިފައިހުރި ފެންވަރާބެހޭ ގަވާއިދުތައް އިޞްލާޙުކުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

8. ކޮލިޓީ އެޝުއަރެންސ ޔުނިޓުގެ ލިޔެކިއުންތައް ބެލެހެއްޓުމާއި، އިދާރީ މަސައްކަތް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ސްޕެޝަލް ޑިއުޓީ އެލަވަންސް.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

(ނޯޓު: މި ވަޒީފާގެ މުއްދަތަކީ، ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 29 އޮގަސްޓު 2017 އަށެވެ.)

މަޤާމް:

ލީގަލް އެސިސްޓެންޓް (ވަގުތީ) 

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/8050 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2400 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ސެކްޝަން:

ލީގަލް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެ، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

ލީގަލް ސެކްޝަން

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް އެސޯޝިއޭޓް ޕްރޮފެޝަނަލްސް

މަޤާމުގެ ރޭންކް:

ސީއެސް 7-1 (ގުރޭޑު 1)

މަޤާމުގެ ޝަރުޠު:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިއު ޑިލިޖެންސް ހެދުން:

- ޑިއު ޑިލިޖެންސްގައި އެދިފައިވާ ރިސޯޓެއް ނުވަތަ އެރަށަކާ ބެހޭގޮތުން ހުރިހާ މަޢުލޫމާތެއް އެކި ސެކްޝަންތަކުން ހޯދުން.

- މައްސަލަ ނިމުމުން، ފައިލްކުރުން.

  1. ޝެއަރ ޓްރާންސްފަރގެ ހުއްދަ ދިނުން:

- މިނިސްޓްރީއަށް ހުށައަޅާ ސިޓީގައިވާ މަޢުލޫމާތު ޞައްޙަތޯ ބަލައި ޗެކްކުރުން.

- އެދިފައިވާ ފަރާތުގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް ހޯދުން.

- މައްސަލަ ނިމުމުން، ފައިލްކުރުން.

  1. ލީސް ޓްރާންސްފަރއާ ގުޅޭ މަސައްކަތް ކުރުން:

- ލީސް ޓްރާންސްފަރކުރެވޭ ރަށާ ގުޅޭގޮތުން މައްސަލައެއްވޭތޯ ބެލުމަށް އިޢުލާނުކުރުން.

- ލީސް ޓްރާންސްފަރކުރުމަށް ހުށަހަޅާ ހުރިހާ ސިޓީތަކަށް ޗެކްލިސްޓް ފުރިހަމަކުރުން.

- އިޢުލާނާ ގުޅޭގޮތުން އަންނަ މައްސަލަތައް ބަލަހައްޓައި، އެކަންކަން ޙައްލުކުރުމަށް މީޑިއޭޓަރއެއްގެ ދައުރު އަދާކުރުން.

- ލީސް ޓްރާންސްފަރކުރުމުން، ހުރިހާ ސެކްޝަނަކަށް އެކަން އެންގުމަށްފަހު، ކަމާބެހޭ އިދާރާތްތަކަށް ފޮނުވުން.

- އެގްރިމެންޓުގައި ހިމަނަންޖެހޭ ލިޔުންތައް ސްކޭންކޮށް، އެޓޭޗްކުރުން.

- މިކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ފައިލްކުރުން.

  1. ލީސް އެކްސްޓެންޝަނާ ގުޅޭ މަސައްކަތް ކުރުން:

- ލީސް އެކްސްޓެންޝަނަށް ހުށަހަޅާ އެޕްލިކޭޝަނުގައި ވަނީ ތެދު މަޢުލޫމާތުތޯ ބެލުން.

- ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަނެއް އޮތްނަމަ، އެ އެޕްލިކޭޝަން ހުށަހެޅި ފަރާތަށް ސިޓީއަކުން އެކަން އެންގުން.

- ފުރިހަމަ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމާއި، މީރާއަށް ކޮޕީކުރުން.

- އެޕްލިކޭޝަނުގައި އެދިފައިވާ މުއްދަތަށް އެޑެންޑަމް ޑްރާފްޓްކޮށް، އެފަރާތްތަކަށް ކޮމެންޓްކުރުމަށް ފޮނުވުން.

- އެޑެންޑަމް ސޮއިކުރުމަށް ވަގުތު ހަމަޖައްސައި ސޮއިކުރުމުން، ހުރިހާ ސެކްޝަނަކާއި، ކަމާބެހޭ އިދާރާތަކަށް ފޮނުވުން.

- ލީސް އެކްސްޓެންޝަން އެޑެންޑެމް ސްކޭންކޮށް އެޓޭޗްކޮށް ފައިލްކުރުން.

  1. މިނިސްޓްރީއަށް ހުށަހެޅޭ ކޮމްޕްލޭންތަކާ ޑީލްކުރުން:

- ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ދިރާސާކުރުން.

- މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތާ ދެމެދު މީޑިއޭޓަރެއްގެ ދައުރު އަދާކުރުން.

- ނޯޓިސް ފޮނުވަންޖެހިއްޖެ ހާލަތެއްގައި ނޯޓިސް ތައްޔާރުކުރުން.

  1. އެގްރިމަންޓްތަކާ ގުޅޭ އެޑެންޑެމާއި ޑީޑް އޮފް އެސައިންމަންޓް ޑްރާފްޓްކޮށް ތައްޔާރުކުރުން:

- އެގްރިމެންޓްތަކާ ގުޅޭ އެޑެންޑަމްއާއި ޑީޑް އޮފް އެސައިންމަންޓް ޑްރާފްޓްކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަނުން ހޯދުން.

- އެމަންޑްމަންޓްއާއި ޑީޑް ޑްރާފްޓްކުރުމަށްފަހު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތަށް ފޮނުވައި ފައިނަލްކުރުން.

  1. ސެކްޝަން ހެޑުން ހަވާލުކުރާ މަސައްކަތް ކުރުން/ގަވާއިދު ރިވިއުކުރުން:

ހަވާލުކުރާ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު އެކި ސެކްޝަންތަކުން ހޯދުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއްކަމުގައިވުން.

(ނޯޓު: މި ވަޒީފާގެ މުއްދަތަކީ، ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 ޖަނަވަރީ 2017 ގެ ނިޔަލަށެވެ.)

މަޤާމް:

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

ޕްރޮޖެކްޓް ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެ، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން:

ޑިވެލޮޕްމަންޓް

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ޝަރުޠު:

1. ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް މިއިން ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައްޔާއި، ތަރައްޤީކުރެވެމުންދާ ތަންތަނުގައި އިމާރާތްކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި، އެހެނިހެން ލިޔެކިޔުންތައް ޗެކުކޮށް، ބޭނުންވާ ހުއްދަތައް ދޫކުރުމާއި، މިކަމާ ގުޅޭ ކަންތައްތަކުގައި އިދާރީގޮތުން އެހީތެރިވެދީ ރެކޯޑް ބެލެހެއްޓުން.

2. ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫޢުތަކާބެހޭ މުޢާމަލާތުތައް ކުރުމާއި ރެކޯޑް ބެލެހެއްޓުން.

3. ސެކްޝަނަށް އަންނަ ސިޓީތަކަށް، ވެރިއެއްގެ އިރުޝާދުގެދަށުން ޖަވާބުދީ، އޭގެ ލިޔެކިޔުންތައް ބެލެހެއްޓުން.

4. ޑިއުޓީ މަޢާފުކުރުމާބެހޭ އައު އުސޫލުގެދަށުން އިދާރީ މަސައްކަތް ކުރުމާއި، އައު އުސޫލުގެދަށުން ހަވާލުކުރެވިފައިވާ ރަށްތަކުގެ ޑިއުޓީ މަޢާފުކުރުމުގެ ކަންތައްކުރުމާއި، ރެކޯޑް ބެލެހެއްޓުން.

5. ޑިވެލޮޕްމެންޓާ ބެހޭގޮތުން ރާވަންޖެހޭ އިންސްޕްކްޝަންތައް ރާވައި، ރިޕޯޓް ތައްޔާރުކުރުމާއި، ރެކޯޑް ބެލެހެއްޓުން.

6. ރިޒޯޓްތަކުގެ ލޭންޑް އޭރިޔާއާ ބެހޭގޮތުން ކުރަންޖެހޭ ސަރވޭތަކާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.

7. ރިޒޯޓްތަކުގެ ކޮންސެޕްޓާއި އެހެނިހެން ކުރެހުންތައް އިވޭލުއޭޓްކޮށް ފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި، ރެކޯޑް ބެލެހެއްޓުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮޓޯކޭޑް ޕްރޮގްރާމް ދަންނަ މީހެއްކަމުގައިވުން.

3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

ނޯޓު: މި ވަޒީފާގެ މުއްދަތަކީ، ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން، 31 އޮކްޓޫބަރު 2020 ގެ ނިޔަލަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  މި  މިނިސްޓްރީގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ. އަދި  މި  މިނިސްޓްރީގެ www.tourism.gov.mv  ގެ  ވެބްސައިޓުން  މި  ފޯމު  ޑައުންލޯޑް  ކުރެވެންވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީ (ވެލާނާގޭގެ 5 ވަނަ ފަންގިފިލާ) އަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- މި  މަޤާމަށް  ޝޯޓްލިސްޓްކުރެވޭ  ފަރާތްތަކާ  އިންޓަވިއުކުރުމަށް  ހަމަޖެހިފައިވަނީ،  މި  އިޢުލާނުގެ  މުއްދަތު  ހަމަވާ ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި، މި މިނިސްޓްރީގައެވެ.

- އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކުރެވޭނެ ތާރީޚު ކަނޑައެޅުމުން، އިންޓަވިއުއަށް ހާޒިރުވާންވީ ވަގުތު، 1 ދުވަހުގެ ކުރިން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި މިނިސްޓްރީގެ 3022200 ނަންބަރު ފޯނަށް، ނުވަތަ 3022207 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ.

1 ޞަފަރު 1438

01 ނޮވެންބަރު 2016
ހޯދާ