ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

އިޢުލާން

ޕްރީސްކޫލް ޓީޗަރުން ހޯދުމަށް:

މަޤާމް: ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް)

ވަޒީފާ އޮތް އޮފީސް: ލ. ހިތަދޫ ސުކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ޕުރީސުކޫލް / ލ. ހިތަދޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އެލް. ކޭ. ޖީ. އާއި، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމް

މަޤާމުގެ

ރޭންކް

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

މުސާރަ

ސަރވިސް

އެލަވަންސް

ޕްރީ ސްކޫލް ޓީޗަރ

MS1

ޕްރީ ސްކޫލް

ޓީޗަރ 5

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

މަހަކު

-/5،610

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS2

ޕްރީ ސްކޫލް

ޓީޗަރ 6

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ

ހާސިލުކޮށްފައިވުން.

މަހަކު

-/6،295

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS3

ޕްރީ ސްކޫލް

ޓީޗަރ 7

- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް

ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން

އެޑްވާންސްޑް ސެޓުފިކެޓެއް ނުވަތަ ޑިޕްލޮމާ

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު

-/7،035

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS4

ޕްރީ ސްކޫލް

ޓީޗަރ 8

- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/7،875

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އިންޓަވިއު ކުރުން:

ހ. ވަޒީފާއަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރު 15 ވާ އަންގާރަ ދުވަހު، ހިތަދޫ ސުކޫލުގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހިތަދޫ ސުކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބައްލަވައި، ތައްގަނޑު ޖައްސަވާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ނޮވެންބަރު 13 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ހިތަދޫ ސުކޫލަށް ހުށަހެޅުން އެދެމެވެ.

މަޤާމްތަކަށް މީހުން ހަމަޖެއްސުމަށް މާކްސްދޭނެ ގޮތް:

- މަޤާމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކެއްވާނަމަ މާކްސްދޭނީ، ފަންނީ މަޤާމުތަކަށް މީހުން ހޮވުމުގެ އުސޫލުގައިވާ ގޮތުގެ މަތިން އެ އުސޫލުގައިވާ ފޯމު ބޭނުންކޮށްގެންނެވެ.

- މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތައް ނުލިބިގެން، އިޢުލާނުގެ ޑީ. އެސް. 3 ގެ މަޤާމަށް މީހުން ހަމަޖައްސާނަމަ ޕޮއިންޓްދޭނީ، ނުވަތަ ޑީ. އެސް. 4 ގެ މަޤާމަށް މީހުން ހަމަޖައްސާނަމަ ޕޮއިންޓްދޭނީ، އިދާރީ މަޤާމްތަކަށް ޕޮއިންޓްދިނުމަށް ބޭނުންކުރާ އޭ2  ފޯމު (ޖީ. އެސް. 1 އިން އެމް. އެސް. 2 އަށް) އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ހިތަދޫ ސުކޫލުގެ 6800745 ނަންބަރު ފޯނަށް، ނުވަތަ 6800785 ނަންބަރުފޯނަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.

2 ޞަފަރު 1438

02 ނޮވެންބަރު 2016
ހޯދާ