ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ނަންބަރު GS-183/IL/2016/22 (20 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ ލިބިފައިވާ ބަޖެޓަށްވުރެ ބޮޑުކޮށްކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުއްވެއެވެ.

ދަރިވަރުންގެ 4 ފާޚާނާގެ ޓިނު ބަދަލުކުރުން (14 ފޫޓުގެ 12 ގަނޑު)

ދަރިވަރުންގެ 4 ފާޚާނާގެ ދިޔަދޮވި

ކުޑަދޮރުގެ 84 ދޮރުގެ ވައިތަންޑު އަދި އަޅުވާ ތަންޑު (6 ކްލާހުގެ)

28 ކުޑަދޮރުފަތް މަރާމާތުކުރުން

8 އިންޗީގެ 12 ގްލޯބް

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 13:00 އަށް ލ. ހިތަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 15 އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ކްލަބް، ޖަމްޢިއްޔާއަކުންނަމަ، އެ ޖަމްޢިއްޔާގެ ލެޓަރހެޑްގައި ލިޔެފައިވާ ރަސްމީ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތައްވެސް މަޢުލޫމާތު ސާފުކުރެއްވޭނީ އެއްފަރާތެއްގެ ނަމުގައެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުނަމަ، 6800745 ނުވަތަ 7905759 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

1 ޞަފަރު 1438

01 ނޮވެންބަރު 2016
ހޯދާ