މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގެ ނަންބަރު GS47/2016/105 (18 އޮކްޓޫބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ. 

މި ސްކޫލުގެ ތިރީގައިމިވާ މަސައްކަތްތައް ކުރަން ބޭނުންވެއްޖެއެވެ.

މަސައްކަތުގެ ތަފުސީލު

  1. ސްކޫލް އޮފީހުގެ ޕާޓިޝަންތައް މަރާމާތުކުރުން.
  2. ސްކޫލް އޮފީހުގެ ފައިލިންގ ހަރު މަރާމާތުކުރުން. 
  3. މައި އިމާރާތުގެ އެލްޓީރޫމުގެ ސީލިންގ ފިލާ ބަދަލުކުރުން.  
  4. މައި އިމާރާތުގެ އޮފީހުން މައި އިމާރާތުގެ އެލްޓީރޫމަށް ކަރަންޓް ވިއުގަ އަޅައި މަރާމާތުކުރުން.
  5. 50 ޑެސްކާއި 8 ޓީޗަރުންގެ މޭޒު މަރާމާތުކުރުން.
  6. މައި އިމާރާތުގެ ސްޓާފްރޫމް ފާޚާނާ މަރާމާތުކުރުން.
  7. މައި އިމާރާތުގެ އެލްޓީރޫމުގައި ފާޚާނާއެއް ހެދުން.
  8. ބޯފެންހަންތައް ދަގަނޑު އަށިތަކެއް ހަދައި އަށިގަނޑުމައްޗަށް ބަދަލުކުރުން.
  9. މައި އިމާރާތުގެ އިރުމަތީ ފާރު ތެދުކޮށް މަރާމާތުކުރުން.
  10. މައި އިމާރާތުގެ ގޯތިތެރޭގައި ފެން ހެދޭ ސަރަޙައްދުގައި ގާ އެތުރުން.
  11. އާ އިމާރާތުގެ ސްޓާފްރޫމާއި ހަތަރުބުރި އިމާރާތުގެ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން.
  12. މައި އިމާރާތުގެ ދަރިވަރުންގެ ފާޚާނާތަކުގެ ދޮރުފަތްތައް މަރާމާތުކުރުން.
  13. އާ އިމާރާތުގެ ކްލާސްރޫމްތަކުގެ ބޮޑުދޮރުތަކުގެ ދޮރުފަތްތައް މަރާމާތުކުރުން.
  14. ބޮޑު ގުދަނުގެ ފުރާޅުން ފޫގޮސްފައިވާ ޓިނުތައް ބަދަލުކުރުން.
  15. ފެންވަޅުގެ މަތި ކޮންކްރީޓް ކުރުން.
  16. ގާޑިޔާ ލާ ޝެޑެއް ހެދުން.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ސްކޫލުގެ އޮފީހަށް ހަޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ނޮވެންބަރު 15 އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

1 ޞަފަރު 1438        

01 ނޮވެންބަރު 2016
ހޯދާ