ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓާއި ވޮލީކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގައި ޤާއިމުކުރެވޭ ބަށިކޯޓާއި ވޮލީކޯޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 15 ވަނަ ދުވަހުގެ 13:00 އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 21 ވަނަ ދުވަހުގެ 13:00އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހާއި، "ބަށިކޯޓާއި ވޮލީކޯޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ފޮނުއްވަންވާނެއެވެ. އަދި ބަދަލުގައި ފޮނުއްވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުރުން މި މަސައްކަތަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތުފޯމާ ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

30 މުޙައްރަމް 1438

31 އޮކްޓޫބަރު 2016
ހޯދާ