މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

ކޮލިޓީ އޮޑިޓިންގ އޮފިސަރ (ވަގުތީ)  

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/6295 ރުފިޔާ.

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް

ކޮލިޓީ އެންޑް ރެޖިސްޓްރޭޝަން ސެކްޝަން

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް. 2

މަޤާމުގެ ޝަރުޠު:

  • މި މިނިސްޓްރީން 20 އޮކްޓޫބަރު 2016 ގައި ކުރި ނަންބަރު (IUL)88-AHF/88/2016/34 އިޢުލާނުގައި ބައެއް ކުށް ހުރިކަން ފާހަގަކުރެވިފައިވާތީ އެ އިޢުލާން އިޞްލާޙުކޮށް، ތިރީގައިވާ ފަދައިން އަލުން އިޢުލާން ކުރީމެވެ.

1. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުން ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުން ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުން ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

4. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުން ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

5. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓާލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުން ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓުގެ ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފަތުރުވެރިން ބައިތިއްބާ ރިޒޯޓް، ހޮޓެލް، ޕިކްނިކް އައިލެންޑް، ގެސްޓްހައުސް، ޓޫރިސްޓް އުޅަނދުފަހަރު، ފީނުމާބެހޭ މަރުކަޒު، ޓްރެވެލް އެޖެންސީ އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ލިބިދޭ ޚިދުމަތާއި ތަނުގެ ފެންވަރު ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި އިންސްޕެކްޓްކޮށް ރިޕޯޓް ތައްޔާރުކުރުން.
  • މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފަތުރުވެރިން ބައިތިއްބާ ރިސޯޓް، ހޮޓެލް، ގެސްޓްހައުސް، ފީނުމުގެ ޚިދުމަތްދޭ މަރުކަޒު، އުޅަނދުފަހަރު އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ހުރީ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް އިންސްޕެކްޓްކުރުން.
  • މިނިސްޓްރީގެ އިދާރީ ޤާބިލިއްޔަތުކަން އިތުރުކޮށް، ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިކުރުމަށްޓަކައި ޕްރޮވިންސްތަކުގައި މި ދާއިރާގެ މޮނިޓަރިންގ އަދި ރެގިއުލޭޓަރީ މަސައްކަތްކުރާ ފަރާތްތައް ތަމްރީނުކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  • ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަނުގެ ޚިދުމަތާއި ތަނުގެ ފެންވަރު ކަނޑައެޅުމާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ގަވާއިދުތައް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ފަތުރުވެރިކަމުގެ ޞިނާޢަތާ ގުޅުންހުރި ސްޓޭންޑަރޑްތައް އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ދިރާސާކުރުން.
  • ރިޒޯޓްތަކަށް އަންގަންޖެހޭ އެންގުންތަކާއި ފަޔަރ އެންޑް ސޭފްޓީގެ ތަމްރީނުތަކާއި ޑްރިލްތަކާ ބެހޭގޮތުން ރިޒޯޓްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  • އިންޑަސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެފައިވުމާއެކު ކުރިން ހެދިފައިހުރި ފެންވަރާބެހޭ ގަވާއިދުތައް އިޞްލާޙުކުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ކޮލިޓީ އެޝުއަރެންސް ޔުނިޓުގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި އިދާރީ މަސައްކަތް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށް ދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއް ކަމުގައިވުން.

(ނޯޓް: މިވަޒީފާގެ މުއްދަތަކީ ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 29 އޮގަސްޓު 2017 އަށެވެ.)

މަޤާމު:

ލީގަލް އެސިސްޓެންޓް (ވަގުތީ) 

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/8050 ރުފިޔާ.

ސަރވިސް އެލަވަންސް:

މަހަކު -/2400 ރުފިޔާ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ސެކްޝަން:

ލީގަލް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

ލީގަލް ސެކްޝަން

ކްލެސިފިކޭޝަން

ލީގަލް އެސޯޝިއޭޓް ޕްރޮފެޝަނަލްސް

ރޭންކް:

ސީއެސް 7-1 (ގްރޭޑު 1)

މަޤާމުގެ ޝަރުޠު:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިއު ޑިލިޖެންސް ހެދުން

- ޑިއުޑިލިޖެންސްގައި އެދިފައިވާ ރިސޯޓެއް ނުވަތަ އެރަށަކާ ބެހޭގޮތުން ހުރިހާ މަޢުލޫމާތެއް އެކި ސެކްޝަންތަކުން ހޯދުން.

- މައްސަލަ ނިމުމުން ފައިލްކުރުން.

  1. ޝެއަރ ޓްރާންސްފަރގެ ހުއްދަ ދިނުން

- މިނިސްޓްރީއަށް ހުށަހަޅާ ސިޓީގައިވާ މަޢުލޫމާތު ޞައްޙަތޯ ބަލައި ޗެކްކުރުން.

- އެދިފައިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް ހޯދުން.

- މައްސަލަ ނިމުމުން ފައިލްކުރުން

  1. ލީސް ޓްރާންސްފަރއާގުޅޭ މަސައްކަތް ކުރުން

- ލީސް ޓްރާންސްފަރކުރެވޭ ރަށާ ގުޅޭގޮތުން މައްސަލައެއްވޭތޯ ބެލުމަށް އިޢުލާނުކުރުން.

- ލީސް ޓްރާންސްފަރކުރުމަށް ހުށަހަޅާ ހުރިހާ ސިޓީތަކަށް ޗެކްލިސްޓު ފުރިހަމަކުރުން.

- އިޢުލާނާ ގުޅޭގޮތުން އަންނަ މައްސަލަތައް އެއްކޮށް، އެކަންކަން ޙައްލުކުރުމަށް މީޑިއޭޓަރއެއްގެ ރޯލު ކުޅުން.

- ލީސް ޓްރާންސްފަރކުރުމުން، ހުރިހާ ސެކްޝަނަކަށް އެކަން އެންގުމަށްފަހު، ކަމާބެހޭ އިދާރާތްތަކަށް ފޮނުވުން.

- އެގްރީމެންޓަށް ލާންޖެހޭ ލިޔުންތައް ސްކޭންކޮށް އެޓޭޗްކުރުން.

- މިކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ފައިލްކުރުން.

  1. ލީސް އެކްސްޓެންޝަނާގުޅޭ މަސައްކަތް ކުރުން

- ލީސް އެކްސްޓެންޝަނަށް ހުށަހަޅާ އެޕްލިކޭޝަނުގައި ވަނީ ތެދު މަޢުލޫމާތުތޯ ބެލުން.

- ލިޔެކިޔުންތައް ފުރިހަމަނުވާ ހުރިހާ އެޕްލިކޭޝަން، ހުށަހެޅި ފަރާތަށް ސިޓީއަކުން އެކަން އެންގުން.

- ފުރިހަމަ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމާއި، މީރާއަށް ކޮޕީކުރުން.

- އެޕްލިކޭޝަނުގައި އެދިފައިވާ މުއްދަތަށް އެޑަމްޑަމް ޑްރާފްޓްކޮށް އެފަރާތްތަކަށް ކޮމެންޓްކުރުމަށް ފޮނުވުން.

- އެޑަމްޑަމް ސޮއިކުރުމަށް ވަގުތު ހަމަޖައްސައި ސޮއިކުރުމުން ހުރިހާ ސެކްޝަނަކާއި ކަމާބެހޭ އިދާރާތަކަށް ފޮނުވުން.

- ލީސް އެކްޓެންޝަން އެޑަމްޑަމް ސްކޭންކޮށް އެޓޭޗްކޮށް ފައިލްކުރުން.

  1. މިނިސްޓްރީއަށް ހުށަހެޅޭ ކޮމްޕްލޭންތަކާއި ޑީލްކުރުން

- ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ދިރާސާކުރުން.

- މައްސަލަ ހުށަހެޅި ފަރާތާ މައްސަލަ ރައްދުވާ ފަރާތާ ދެމެދު މީޑިއޭޓަރެއްގެ ރޯލު އަދާކުރުން.

- ނޯޓިސް ފޮނުވަންޖެހިއްޖެ ހާލަތެއްގައި ނޯޓިސް ތައްޔާރުކުރުން.

  1. އެގްރީމަންޓްތަކާ ގުޅޭ އެޑަމްޑަމް އަދި ޑީޑް އޮފް އެސައިންމަންޓް ޑްރާފްޓްކޮށް ތައްޔާރު ކުރުން

- އެގްރިމެންޓްތަކާ ގުޅޭ އެޑަމްޑަމް އާއި ޑީޑް އޮފް އެސައިންމަންޓް ޑްރާފްޓްކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަނުން ހޯދުން.

- އެމަންޑްމަންޓް އާއި ޑީޑް ޑްރާފްޓްކުރުމަށްފަހު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތަށް ފޮނުވައި ފައިނަލް ކުރުން.

  1. ސެކްޝަން ހެޑުން ހަވާލުކުރާ މަސައްކަތް ކުރުން/ގަވާއިދު ރިވިއުކުރުން

- އެދިލައްވާ މަސައްކަތަށް ބޭނުންވާ މައުލޫމާތު އެކި ސެކްޝަންތަކުން ހޯދުން

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއް ކަމުގައިވުން.

(ނޯޓް: މިވަޒީފާގެ މުއްދަތަކީ ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 ޖަނަވަރީ 2017ގެ ނިޔަލަށެވެ.)

މަޤާމު:

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/4465 ރުފިޔާ.

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

ޕްރޮޖެކްޓް ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން

ޑިވެލޮޕްމަންޓް

ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް. 3

މަޤާމުގެ ޝަރުޠު:

1. ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓުން ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓުން ކުރެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައާއި ތަރައްޤީކުރެވެމުންދާ ތަންތަނުގައި އިމާރާތްކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ޗެކުކޮށް، ބޭނުންވާ ހުއްދަތައް ދޫކުރުމާއި، މިކަމާ ގުޅޭ ކަންތައްތަކުގައި އިދާރީގޮތުން އެހީތެރިވެދީ ރެކޯޑު ބެލެހެއްޓުން.
  • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫޢުތަކާބެހޭ މުޢާމަލާތުތައް ކުރުމާއި ރެކޯޑު ބެލެހެއްޓުން.
  • ސެކްޝަނަށް އަންނަ ސިޓީތަކަށް، ވެރިއެއްގެ އިރުޝާދުގެދަށުން ޖަވާބުދީ، އޭގެ ލިޔެކިޔުންތައް ބެލެހެއްޓުން.
  • ޑިއުޓީ މަޢާފުކުރުމާބެހޭ އައު އުސޫލުގެދަށުން އިދާރީ މަސައްކަތް ކުރުމާއި، އައު އުސޫލުގެ ދަށުން ހަވާލުކުރެވިފައިވާ ރަށްތަކުގެ ޑިއުޓީ މަޢާފުކުރުމުގެ ކަންތައްކުރުމާއި، ރެކޯޑު ބެލެހެއްޓުން.
  • ޑިވެލޮޕްމެންޓާ ބެހޭގޮތުން ރާވަންޖެހޭ އިންސްޕްކްޝަންތައް ރާވައި ރިޕޯޓް ތައްޔާރުކުރުމާއި، ރެކޯޑު ބެލެހެއްޓުން.
  • ރިޒޯޓްތަކުގެ ލޭންޑް އޭރިޔާއާ ބެހޭގޮތުން ކުރަންޖެހޭ ސަރވޭތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ބެލެހެއްޓުން.
  • ރިޒޯޓްތަކުގެ ކޮންސެޕްޓާއި އެހެނިހެން ކުރެހުންތައް އިވެލުއޭޓްކޮށް ފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި، ރެކޯޑު ބެލެހެއްޓުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކުރަން އެނގުން، އަދި އޮޓޯކޭޑް ޕްރޮގްރާމް ދަންނަ މީހެއްކަމުގައި ވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށް ދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

(ނޯޓް: މިވަޒީފާގެ މުއްދަތަކީ، ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 އޮކްޓޫބަރު 2020 ގެ ނިޔަލަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓު www.tourism.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް (ވެލާނާގޭގެ 5 ވަނަ ފަންގިފިލާ) ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

  • މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވަނީ، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި، މި މިނިސްޓްރީގެ މީޓިންގރޫމުގައެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަހުގެ ކުރިން، އިންޓަވިއުއަށް ހާޒިރުވާންވީ ވަގުތު އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި މިނިސްޓްރީގެ 3022200 ނަންބަރު ފޯނަށް، ނުވަތަ 3022226 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ.

26 އޮކްޓޫބަރު 2016
ހޯދާ