ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބ. އޭދަފުށީ ރެސިޑެންޝަލް ލަރނިންގ ސެންޓަރުން (ދަނާލުން) ޖާގަ ދޫކުރުން

އިޢުލާން

ބ. އޭދަފުށީ ރެސިޑެންޝަލް ލަރނިންގ ސެންޓަރުން (ދަނާލުން) ޖާގަ ދޫކުރުން

އިންޓަރގްރޭޓެޑް ހިއުމަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އައި.އެޗް.ޑީ.ޕީ) ގެ ދަށުން ބ. އޭދަފުށީގައި ޤާއިމުކުރެވިފައިވާ ރެސިޑެންޝަލް ލަރނިންގ ސެންޓަރުން (ދަނާލުން) 3 އެޕާޓްމަންޓް ހުސްވެފައިވާތީ، އެ އެޕާޓްމަންޓް ހޯދުމަށް އެދޭ ފަރާތްތަކުން ދަނާލުން ޖާގަ ހޯދުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، މި ސްކޫލަށް ހުށަހެޅުމަށް އިޢުލާންކުރަމެވެ. (މިހާރު ހުސްވެފައިވަނީ 2 ކޮޓަރީއާއި 3 ކޮޓަރިއާއި 4 ކޮޓަރީގެ އެއް އެޕާޓްމަންޓެވެ.)

ބ. އޭދަފުށީ އާރު.އެލް.ސީ ގެ ޖާގައަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:

1- ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރަޖިސްޓަރީވެގެން ކިޔަވާނެ، މަދުވެގެން ރަށުން ބޭރު 5 ކުދިން ތިބުން. (ގިނަކުދިން ގެންގުޅޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.) އަދި އެޕާޓްމަންޓަށް ވަންނައިރު މި 5 ދަރިވަރުން ތިބެންވާނެއެވެ.

2- މިހާރު ރަޖިސްޓަރީވެފައިވާ ސްކޫލުގައި ކިޔަވާ ގްރޭޑް އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

3- އާރު.އެލް.ސީ އިން ޖާގަ ދިނުމުގައި ދަރިވަރެއްގެ އަމިއްލަ ރަށުގައި ލިބެންނެތް ތަޢުލީމީ ޚިދުމަތެއް ލިބިގަތުމަށް ނުވަތަ މަރުޙަލާއެއް ފުރިހަމަކުރަން އަންނަ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.

4- މިކަމަށް އެދޭ ފަރާތްތަކުން ތެރެއިން އޭދަފުށި ނޫން އެހެން ރަށެއްގައި 5 އަހަރު ދިރިއުޅެފައިވާ ޢާއިލާއެއް ނުވަތަ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

5- މިހާރު ދަނާލުގައި ކުދިން ބައިތިއްބުމުގެ ފުރުޞަތު ލިބިފައިނެތް ރަށްރަށުގެ ޢާއިލާއަކަށް އިސްކަންދެވޭނެއެވެ.

6- އެޕާޓްމަންޓް ހޯދަން އެދޭ ފަރާތަކީ އެޕާޓްމަންޓް ލިބިއްޖެނަމަ، ދަނާލުގައި ދިރިއުޅޭ ފަރާތަކަށް ވާންޖެހޭނެއެވެ.

ބ. އޭދަފުށީ އާރު.އެލް.ސީ ގެ އެޕާޓްމަންޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ އަގުތައް

ތިން ކޮޓަރީގެ އެޕާޓްމަންޓެއް މަހަކު -/3،000 (ތިންހާސް) ރުފިޔާ، އަދި ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއް -/4،000 (ހަތަރުހާސް) ރުފިޔާއެވެ.

ދަނާލުން ޖާގަ ދޫކުރެވޭނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފޯމުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށެވެ. ދަނާލުގެ ޖާގައަށް އެދޭ ފޯމު ރަސްމީގަޑީގައި މި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިންނެވެ.

އެ ތާރީޚުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ޕޮއިންޓް ދޭ އުސޫލު:

  1. ކުދިންގެ އަދަދު (ކޮންމެ ކުއްޖަކަށް 4 ޕޮއިންޓް) ގިނަވެގެން 8 ކުދިން.
  2. ދަނާލުގައި މިހާރު ނޫޅޭ ރަށެއްގެ ޢާއިލާއެއްނަމަ، 18 ޕޮއިންޓް
  • މި އަހަރު ގްރޭޑް 10 ނިންމި ދަރިވަރުންނާއި، ބަހިއްޔާ ޕްރީސްކޫލުގައި ކިޔަވާ ދަރިވަރުންނާއި، 2017 ވަނައަހަރު ގްރޭޑް 11 އަށް ވަންނަން އެދޭ ދަރިވަރުންނާއި، ކޮލެޖްގައި ކިޔަވާ ދަރިވަރުންނަށް ޕޮއިންޓެއް ނުދެވޭނެއެވެ.
  • ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ، ބަލާނީ ކުދިންގެ އަދަދަށެވެ. އެއަށްފަހު، ރަށުގައި ލިބެންނެތް ތަޢުލީމީ ޚިދުމަތަށެވެ. މިގޮތުންވެސް އެއްވަރުވެއްޖެނަމަ، ދެން ހޮވާނީ ގުރުއަތުންނެވެ.
  • ދަރިވަރުންނަށް ޕޮއިންޓް ދެވޭނީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުން ޖާގަ ލިބިއްޖެނަމަ، އެ ސްކޫލުގައި ތަޢުލީމު ހާސިލުކުރާނެކަމުގެ ލިޔުމެއް ހުށަހަޅާ ދަރިވަރުންނަށެވެ.
27 އޮކްޓޫބަރު 2016
ހޯދާ