މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ ކޮލިޓީ އޮޑިޓިންގ އޮފިސަރ (ވަގުތީ)  

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

ކޮލިޓީ އެންޑް ރެޖިސްޓްރޭޝަން ސެކްޝަން

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް.އެސް. 2

މަޤާމުގެ ޝަރުޠު:

1. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/  ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓް/ ހޮސްޕިޓަލިޓީ މެނޭޖްމަންޓް/ ހޮޓެލް މެނޭޖްމަންޓް/  ބިޒްނަސް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަނޭޖްމަންޓް ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތު:

- ފަތުރުވެރިން ބައިތިއްބާ ރިޒޯޓް، ހޮޓެލް، ޕިކްނިކް އައިލެންޑް، ގެސްޓް ހައުސް، ޓޫރިސްޓް އުޅަނދުފަހަރު، ފީނުމާބެހޭ މަރުކަޒު، ޓްރެވެލް އެޖެންސީ، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ލިބިދޭ ޚިދުމަތާއި ތަނުގެ ފެންވަރު ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި، އިންސްޕެކްޓްކޮށް، ރިޕޯޓު ތައްޔާރުކުރުން.

- މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފަތުރުވެރިން ބައިތިއްބާ ރިސޯޓް، ހޮޓެލް، ގެސްޓް ހައުސް، ފީނުމުގެ ޚިދުމަތްދޭ މަރުކަޒު، އުޅަނދުފަހަރު، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ފެންވަރުހުރީ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް އިންސްޕެކްޓްކުރުން.

- މިނިސްޓްރީގެ އިދާރީ ޤާބިލިއްޔަތުކަން އިތުރުކޮށް، ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިކުރުމަށްޓަކައި ޕްރޮވިންސްތަކުގައި މި ދާއިރާގެ މޮނިޓަރިންގ މަސައްކަތްކުރާ ފަރާތްތަކާއި، ރެގިއުލޭޓަރީ މަސައްކަތްކުރާ ފަރާތްތައް ތަމްރީންކުރުމުގެ މަސައްކަތް ރާވައި ހިންގުން.

- ރިޒޯޓްތަކަށް އަންގަންޖެހޭ އެންގުންތަކާއި، ފަޔަރ އެންޑް ސޭފްޓީގެ ތަމްރީންތަކާއި ޑްރިލްތަކާ ބެހޭގޮތުން ރިޒޯޓްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.

- އިންޑަސްޓްރީއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެފައިވުމާއެކު، ކުރިން ހެދިފައިހުރި ފެންވަރާބެހޭ ގަވާއިދުތައް އިޞްލާޙުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

- ކޮލިޓީ އެޝުއަރެންސ ޔުނިޓުގެ ލިޔެކިއުންތައް ބެލެހެއްޓުމާއި، އިދާރީ މަސައްކަތް ކުރުން.

- ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތާއި، ތަނުގެ ފެންވަރު ކަނޑައެޅުމާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ގަވާއިދުތައް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވުން.

- ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި ސްޓޭންޑަޑްތައް އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ދިރާސާކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި ސްޕެޝަލް ޑިއުޓީ އެލަވަންސް.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

ނޯޓު:

މި ވަޒީފާގެ މުއްދަތަކީ، ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 29 އޮގަސްޓު 2017 ގެ ނިޔަލަށެވެ.

 

މަޤާމް:

ލީގަލް އެސިސްޓެންޓް (ވަގުތީ) 

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/8050 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2400 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ސެކްޝަން:

ލީގަލް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

ލީގަލް ސެކްޝަން

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް އެސޯޝިއޭޓް ޕްރޮފެޝަނަލްސް

މަޤާމުގެ ރޭންކް:

ސީ. އެސް. 7-1 (ގްރޭޑް 1)

މަޤާމުގެ ޝަރުޠު:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރިޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ފޮރިން އިންވެސްޓްމަންޓަށް ހުއްދަ ދޫކުރުން:

- ފޮރިން އިންވެސްޓްމެންޓް ހުއްދައަށް އެދޭ ލިޔެކިއުންތައް ޗެކްކުރުން.

- ޑޮކިއުމެންޓުތައް ހަމަޔަށް ނެތިއްޔާ، އެފަރާތަށް އެކަން އެންގުން.

- މައްސަލަ ނިމުމުން ފައިލްކުރުން.

2. ޑިއު ޑިލިޖެންސް ހެދުން:

- ޑިއު ޑިލިޖެންސްގައި އެދިފައިވާ ރިސޯޓެއް ނުވަތަ އެރަށަކާ ބެހޭގޮތުން ހުރިހާ މަޢުލޫމާތެއް އެކި ސެކްޝަންތަކުން ހޯދުން.

- މައްސަލަ ނިމުމުން ފައިލްކުރުން.

3. ޝެއަރ ޓްރާންސްފަރގެ ހުއްދަ ދިނުން:

- މިނިސްޓްރީއަށް ހުށަހަޅާ ސިޓީގައިވާ މަޢުލޫމާތު ޞައްޙަތޯ ބަލައި ޗެކްކުރުން.

- އެދިފައިވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް ހޯދުން.

- މައްސަލަ ނިމުމުން ފައިލްކުރުން.

4. ލީސް ޓްރާންސްފަރ އާ ގުޅޭ މަސައްކަތް ކުރުން:

- ލީސް ޓްރާންސްފަރކުރެވޭ ރަށާ ގުޅޭގޮތުން މައްސަލައެއްވޭތޯ ބެލުމަށް އިޢުލާނުކުރުން.

- ލީސް ޓްރާންސްފަރކުރުމަށް ހުށަހަޅާ ހުރިހާ ސިޓީތަކަށް ޗެކްލިސްޓް ފުރިހަމަކުރުން.

- އިޢުލާނާ ގުޅޭގޮތުން އަންނަ މައްސަލަތައް އެއްކޮށް، އެކަންކަން ޙައްލުކުރުމަށް މީޑިއޭޓަރއެއްގެ ރޯލު ކުޅުން.

- ލީސް ޓްރާންސްފަރކުރުމުން، ހުރިހާ ސެކްޝަނަކަށް އެކަން އެންގުމަށްފަހު، ކަމާބެހޭ އިދާރާތްތަކަށް ފޮނުވުން.

- އެގްރިމެންޓަށް ލާންޖެހޭ ލިޔުންތައް ސްކޭންކޮށް އެޓޭޗްކުރުން.

- މިކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ފައިލްކުރުން.

5. ލީސް އެކްސްޓެންޝަނާ ގުޅޭ މަސައްކަތް ކުރުން:

- ލީސް އެކްސްޓެންޝަނަށް ހުށަހަޅާ އެޕްލިކޭޝަނުގައި ވަނީ ތެދު މަޢުލޫމާތުތޯ ބެލުން. 

- ލިޔެކިޔުންތައް ފުރިހަމަނުވާ ހުރިހާ އެޕްލިކޭޝަން، ހުށައެޅި ފަރާތަށް ސިޓީއަކުން އެކަން އެންގުން.

- ފުރިހަމަ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމާއި، މީރާއަށް ކޮޕީކުރުން.

- އެޕްލިކޭޝަނުގައި އެދިފައިވާ މުއްދަތަށް އެޑަމްޑަމް ޑްރާފްޓްކޮށް އެފަރާތްތަކަށް ކޮމެންޓްކުރުމަށް ފޮނުވުން.

- އެޑަމްޑަމް ސޮއިކުރުމަށް ވަގުތު ހަމަޖައްސައި ސޮއިކުރުމުން ހުރިހާ ސެކްޝަނަކާއި ކަމާބެހޭ އިދާރާތަކަށް ފޮނުވުން.

- ލީސް އެކްޓެންޝަން އެޑަމްޑަމް ސްކޭންކޮށް އެޓޭޗްކޮށް ފައިލްކުރުން.

6. މިނިސްޓްރީއަށް ހުށަހެޅޭ ކޮމްޕްލޭންތަކާ ޑީލްކުރުން:

- ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ދިރާސާކުރުން.

- މައްސަލަ ހުށަހެޅި ފަރާތާ މައްސަލަ ރައްދުވާ ފަރާތާ ދެމެދު މީޑިއޭޓަރެއްގެ ރޯލު އަދާކުރުން.

- ނޯޓިސް ފޮނުވަންޖެހިއްޖެ ހާލަތެއްގައި ނޯޓިސް ތައްޔާރުކުރުން.

7. އެގްރިމަންޓްތަކާ ގުޅޭ އެޑަންޑަމް އާއި ޑީޑް އޮފް އެސައިންމަންޓް ޑްރާފްޓްކޮށް ތައްޔާރުކުރުން:

- އެގްރިމެންޓްސްތަކާ ގުޅޭ އެޑެންޑަމް އާއި ޑީޑް އޮފް އެސައިންމަންޓް ޑްރާފްޓްކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަނުން ހޯދުން.

- އެމަންޑްމަންޓް އާއި ޑީޑް ޑްރާފްޓްކުރުމަށްފަހު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތަށް ފޮނުވައި ފައިނަލް ކުރުން.

8. ސެކްޝަން ހެޑުން ހަވާލުކުރާ މަސައްކަތް ކުރުން/ޤަވައިދު ރިވިއުކުރުން

އެދިލައްވާ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު އެކި ސެކްޝަންތަކުން ހޯދުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއަކުން މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއްކަމުގައިވުން.

ނޯޓު:

މި ވަޒީފާގެ މުއްދަތަކީ، ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 ޖަނަވަރީ 2017 ގެ ނިޔަލަށެވެ.)

 

މަޤާމް:

ސީނިއަރ ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް، އެންޑް ކަލްޗަރ

ޑިވިޜަން:

ޕްލޭނިންގ، ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޑިވިޜަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

ޕްލޭނިންގ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ޝަރުޠު:

1. ފަތުރުވެރިކަމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ފަތުރުވެރިކަމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ފަތުރުވެރިކަމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ފަތުރުވެރިކަމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފަތުރުވެރިކަމާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުށަހެޅޭ ހުށަހެޅުންތައް ދިރާސާކޮށް، އެފަދަ މަޝްރޫޢުތައް ކުރިއަށްދާގޮތް މޮނިޓަރކުރުން.

2. ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި ދޫކުރެވޭ ރަށްރަށާއި ބިމާއި ސަރަހައްދުތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ކުއްޔަށް ދޫކުރުމަށް މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުމުގައި އެހީތެރިވުން.

3. ފަތުރުވެރިކަން ޕްލޭންކޮށް ތަރައްޤީކުރުމަށް ބޭނުންވާ މަޝްރޫޢުތައް ލިޔެ އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، އެކަމާ ގުޅޭ ލިޔެކިޔެތުންތައް ތައްޔާރުކުރުން.

4. މިނިސްޓްރީގެ ކޮންމެ އަހަރެއްގެ އެކްޝަން ޕްލޭން އެކުލަވައިލުމާއި، އެ ޕްލޭނުގައި ހިމެނޭ މަސައްކަތްތައް ކުރިއަށްދާގޮތް ރިވިއުކުރުމާއި، ޕްލޭނާ ގުޅޭގޮތުން ކަމާބެހޭ ދާއިރާތަކާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

- ރަށުން ބޭރަށްދާނަމަ، އެދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް

- ހެލްތު އިންޝޫރަންސް ސްކީމުގެ ޚިދުމަތާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާގޮތުގެމަތިން ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާއަކުން މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރުން.

 

މަޤާމް:

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

ޕްރޮޖެކްޓް ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން

ޑިވެލޮޕްމަންޓް

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ޝަރުޠު:

1. ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓުންކުރެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައާއި ތަރައްޤީކުރެވެމުންދާ ތަންތަނުގައި އިމާރާތްކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ޗެކުކޮށް، ބޭނުންވާ ހުއްދަތައް ދޫކުރުމާއި، މިކަމާ ގުޅޭ ކަންތައްތަކުގައި އިދާރީގޮތުން އެހީތެރިވެދީ ރެކޯޑް ބެލެހެއްޓުން.

- ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކައި ފެންވަރު މަތިކުރުމުގެ މަޝްރޫޢުތަކާބެހޭ މުޢާމަލާތްތައް ކުރުމާއި ރެކޯޑް ބެލެހެއްޓުން.

- ސެކްޝަނަށް އަންނަ ސިޓީތަކަށް، ވެރިއެއްގެ އިރުޝާދުގެދަށުން ޖަވާބުދީ، އޭގެ ލިޔެކިޔުންތައް ބެލެހެއްޓުން.

- ޑިއުޓީ މަޢާފުކުރުމާބެހޭ އައު އުސޫލުގެދަށުން އިދާރީ މަސައްކަތް ކުރުމައި އައު އުސޫލުގެދަށުން ހަވާލުކުރެވިފައިވާ ރަށްތަކުގެ ޑިއުޓީ މަޢާފުކުރުމުގެ ކަންތައްކުރުމާއި، ރެކޯޑް ބެލެހެއްޓުން.

- ޑިވެލޮޕްމެންޓާ ބެހޭގޮތުން ރާވަންޖެހޭ އިންސްޕްކްޝަންތައް ރާވައި ރިޕޯޓް ތައްޔާރުކުރުމާއި، ރެކޯޑް ބެލެހެއްޓުން.

- ރިޒޯޓްތަކުގެ ލޭންޑް އޭރިޔާއާ ބެހޭގޮތުން ކުރަންޖެހޭ ސަރވޭތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ބެލެހެއްޓުން.

- ރިޒޯޓްތަކުގެ ކޮންސެޕްޓާއި އެހެނިހެން ކުރެހުންތައް އިވަލުއޭޓްކޮށް ފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި، ރެކޯޑް ބެލެހެއްޓުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި ސްޕެޝަލް ޑިއުޓީ އެލަވަންސް.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮޓޯކޭޑް ޕްރޮގްރާމް ދަންނަ މީހެއްކަމުގައިވުން.

3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

ނޯޓު:

މި ވަޒީފާގެ މުއްދަތަކީ، ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 އޮކްޓޯބަރު 2020 ގެ ނިޔަލަށެވެ.)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ www.tourism.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ނޮވެންބަރު 8 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް (ވެލާނާގޭގެ، 5 ވަނަ ފަންގިފިލާ) ހުށަހެޅުން އެދެން.

އިންޓަވިއު:

- މި  މަޤާމަށް  ޝޯޓްލިސްޓްކުރެވޭ  ފަރާތްތަކާ  އިންޓަވިއުކުރުމަށް  ހަމަޖެހިފައިވަނީ،  މި  އިޢުލާނުގެ  މުއްދަތު  ހަމަވާ ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި، މި މިނިސްޓްރީގެ މީޓިންގ ރޫމުގައެވެ.

- އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަހުގެ ކުރިން، އިންޓަވިއުއަށް ހާޒިރުވާނަވީ ވަގުތު އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި މިނިސްޓްރީގެ 3022200 ނަންބަރު ފޯނަށް، ނުވަތަ 3022226 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016
ހޯދާ