އިހައްދޫ ސުކޫލް
ދިވެހިރާއްޖެ
ސްކޫލް ޓީޗަރ (ޤުރްއާން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ހޯދަން ބޭނުންވާތީ، މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

މަޤާމް: ސްކޫލް ޓީޗަރ (ޤުރްއާން)

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އޮތް އޮފީސް: އިހައްދޫ ސްކޫލް، ލ. ގަން

ވަޒީފާ އަދާކުރާ ސެކްޝަނާއި، ތަން: އެކަޑެމިކް ސެކްޝަން / އިހައްދޫ ސްކޫލް، ލ. ގަން

މަޤާމުގެ ކްލެސިފިކޭޝަނާއި، ސިވިލް ސަރވިސްގެ ރޭންކާއި، އަސާސީ ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމުގެ

ނަން

މަޤާމުގެ

ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ

ރޭންކް

އަސާސީ

ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް

އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ  ވަޒީފާގެ  އޮނިގަނޑުގެ  CS15-4  ގެ ރޭންކުގައި މަދުވެގެން  2  އަހަރުދުވަހު  މަސައްކަތްކޮށް،  މަސައްކަތުގެ ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން  2  އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު

-/10،640

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު

-/10،320

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު

-/10،100

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

CS15-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

މަހަކު

-/9،910

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. ނުވަތަ؛

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު

-/9،850

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު

-/9،360

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު

-/8،890

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

މަހަކު

-/8،440

ރުފިޔާ

މަހަކު

-/2،500

ރުފިޔާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.

- ކިޔަވައިދޭން ކުދިންނަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.

- ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި، ލީޑިންގ ޓީޗަރަށް ދެއްކުން.

- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން.

- ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގާ އެނޫން ކޮންމެ ބައްދަލުވުމެއްގައިވެސް ފަރުވާތެރިކަމާއެކު ބައިވެރިވުން.

- ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކްކުރުން.

- ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި، ސުލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.

- ލީޑިންގ ޓީޗަރުން އަންގަވާގޮތެއްގެމަތިން އިމްތިޙާންތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.

- ކިޔަވައިދޭ ސެޝަނުގެ ކްލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓަކައި ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- އައު މަންހަޖަށް އަހުލުވެރިވެފައިވާ މިންވަރު.

- "ޤުރްއާން" މި މާއްދާ ކިޔަވައިދިނުމުގެ ޤާބިލްކަން ހުރި މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

އެހެނިހެން ޢިނާޔަތްތައް:

  • އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓު ހުށަހެޅުމުން، އެ ރޭންކުގެ ޓީޗަރުންނަށް ދެވޭ އެޑިޔުކޭޝަން ކޮލިފިކޭޝަން އެލަވަންސް ލިބޭނެއެވެ.

މުސާރައިގެ %30

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

މުސާރައިގެ %25

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން.

މުސާރައިގެ %20

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން.

މުސާރައިގެ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން.

  • ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ޗެޕްޓަރު ނަންބަރު 16 ގައިވާ ގޮތުގެ މަތިން، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް، ހަމަޖެހިފައިވާ އުސޫލުގެމަތިން ދެވޭނެއެވެ.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 6 ނޮވެންބަރު 2016 އާއި 17 ނޮވެންބަރު 2016 އާ ދެމެދު، އިހައްދޫ ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު އަސްލު ގެންނަންވާނެއެވެ.)

ލިބިފައިވާ ތަޖުރިބާ ސާބިތުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)

- ދިވެހި ރައްޔިތެއަކން އަންގައދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އިންޓަރވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދެ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ސުންގަޑި: މި މަޤާމަށް އެދޭ، ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން، އިހައްދޫ ސްކޫލަށް ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންވެފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.

ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ލ. ގަމު އިހައްދޫ ސްކޫލުގެ 7967101 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016
ހޯދާ