އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
ދޮރާއި ދޮރުފަތްތަކުގައި ދަވާދުލައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ސްކޫލުގެ އިމާރާތްތަކުގައި ހުރި ދޮރާއި ދޮރުފަތްތަކުގައި ދަވާދުލުން،

މި ސްކޫލުގެ އިމާރާތްތަކުގައި ހުރި، ދޮރާއި ދޮރުފަތްތަކުގައި، އަމިއްލަ ތަކެތީގައި ދަވާދުލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަތީގައި ދެންނެވިފައިވާގޮތަށް މިކަން ކޮށްދެވޭނެ ފަރާތްތަކުން 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 13:00 ގައި މި ސްކޫލުގެ ލައިބްރަރީގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ނޮވެންބަރު 10 ވަނަ ދުވަހުގެ 13:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުން ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016
ހޯދާ