މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކުރުމަށް

އިޢުލާން

މި ސްކޫލުގެ ތިރީގައިމިވާ މަސައްކަތްތައް ކުރަން ބޭނުންވެއްޖެއެވެ.

މަސައްކަތުގެ ތަފުސީލު

  1. ސްކޫލުގެ އޮފީހުގެ ޕާޓިޝަންތައް މަރާމާތުކުރުން.
  2. ސްކޫލުގެ އޮފީހުގެ ފައިލިންގް ހަރު މަރާމާތުކުރުން. 
  3. މައި އިމާރާތުގެ އެލްޓީރޫމުގެ ސީލިންގް ފިލާ ބަދަލުކުރުން.  
  4. މައި އިމާރާތުގެ އޮފީހުން މައި އިމާރާތުގެ އެލްޓީރޫމަށް ކަރަންޓް ވިއުގަ އަޅައި މަރާމާތުކުރުން.
  5. 50 ޑެސްކާއި 8 ޓީޗަރުންގެ މޭޒު މަރާމާތުކުރުން.
  6. މައި އިމާރާތުގެ ސްޓާފްރޫމުގެ ފާޚާނާ މަރާމާތުކުރުން.
  7. މައި އިމާރާތުގެ އެލްޓީރޫމުގައި ފާޚާނާއެއް ހެދުން.
  8. ދަގަނޑު އަށިތަކެއް ހަދައި އަށިތަކުގެ މައްޗަށް ބޯފެންހަންތައް ބަދަލުކުރުން.
  9. މައި އިމާރާތުގެ އިރުމަތީ ފާރު ތެދުކޮށް މަރާމާތުކުރުން.
  10. މައި އިމާރާތުގެ ގޯތިތެރޭގައި ފެން ހެދޭ ސަރަހައްދުގައި ގާ އެތުރުން.
  11. އާ އިމާރާތުގެ ސްޓާފްރޫމާއި ހަތަރުބުރި އިމާރާތުގެ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން.
  12. މައި އިމާރާތުގެ ދަރިވަރުންގެ ފާޚާނާތަކުގެ ދޮރުފަތްތައް މަރާމާތުކުރުން.
  13. އާ އިމާރާތުގެ ކްލާސްރޫމްތަކުގެ ބޮޑުދޮރުތަކުގެ ދޮރުފަތްތައް މަރާމާތުކުރުން.
  14. ބޮޑު ގުދަނުގެ ފުރާޅުން ފޫގޮސްފައިވާ ޓިނުތައް ބަދަލުކުރުން.
  15. ފެންވަޅުގެ މަތި ކޮންކްރީޓް ކުރުން.
  16. ގާޑިޔާ ލާ ޝެޑެއް ހެދުން.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ސްކޫލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

17 މުޙައްރަމް 1438

18 އޮކްޓޫބަރު 2016
ހޯދާ