އޮމަދޫ ސްކޫލް ތ.އޮމަދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 3 (ތިނެއް)

މަޤާމުގެ ނަންބަރު: 

މަޤާމުގެ ގިންތި: ވަގުތީ

ސަރވިސް: ޕްރޮފެޝަނަލް އޭ

 

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: އޮމަދޫ ސުކޫލް / ތ. އޮމަދޫ

މުސާރަ: ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ: މަހަކު -/4500 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

މުސާރަ: މަތީސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ: މަހަކު -/5505 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

މުސާރަ: ކިޔަވައިދިނުމުގެ ރޮނގުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ: މަހަކު -/6090 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2500 ރުފިޔާ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން ނުވަތަ މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާގޮތަށް ކިޔަވައިދިނުން.

2. ސްކީމާއި، ލެސަން ޕްލޭނާއި، ޓީޗިންގ އެއިޑްސް ހެދުން.

3. ޓެސްޓްޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.

4. މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި މުބާރާތްތައް ހިންގުމުގައި އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް. 

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6. ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު (މި ލިޔުންތަކުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އޮންނަންވާނެއެވެ.)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އޮމަދޫ ސުކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. މި ވަޒީފާއަށް މީހުން ޢައްޔަންކުރެވޭނީ، މެރިޓް އުސޫލުންކަމަށްވާތީ، އިންޓަވިއުކުރުމެއް ނޯންނާނެއެވެ. މި ވަޒީފާއަށް މީހުން ޢައްޔަންކުރުމުގައި ބަލާނީ ހުށަހަޅާ ލިޔުންތަކަށެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ސްކޫލުގެ 6780572 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުމުން، މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

11 މުޙައްރަމް 1438

12 އޮކްޓޫބަރު 2016
ހޯދާ