މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީޓާމިނަލް ޢިމާރާތް ކުއްޔަށް ދޫކުރުން

އިޢުލާން

ފެރީޓާމިނަލް ޢިމާރާތް ކުއްޔަށް ދޫކުރުން

ހުޅުދުއްފާރު ބަނދަރުގައިހުރި ފެރީޓާމިނަލް ޢިމާރާތް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ފުރުޞަތު ހުޅުވާލަމެވެ. މި ޢިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ހުޅުދުއްފާރު ކައުންސިލުގެ އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 13:00 އަށް ހުޅުދުއްފާރު ކައުންސިލުގެ އިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ސިޓީއެއް، އަދި ބަދަލުގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ކުންފުންޏެއްގެ ފަރާތުންނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ކުންފުނިން ހާޒިރުވެވަޑައިގަންނަވާ ފަރާތުގެ ހައިސިއްޔަތު އެނގޭނޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ.

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ