މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީޓަރމިނަލް އިމާރާތް ކުއްޔަށް ދޫކުރުމަށް

އިޢުލާން

ފެރީޓަރމިނަލް އިމާރާތް ކުއްޔަށްދޫކުރުން

ހުޅުދުއްފާރު ބަނދަރުގައިހުރި ފެރީޓަރމިނަލް އިމާރާތް ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. މި އިމާރާތް ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 13:00 އަށް ހުޅުދުއްފާރު ކައުންސިލް އިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނޭވާހަކަ ވެސް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ސިޓީއެއް އަދި ބަދަލުގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ކުންފުންޏެއްގެ ފަރާތުން މީހަކު އަންނަ ކަމުގައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް އަދި ކުންފުނީގައި މީހާގެ ހައިސިއްޔަތު އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ