އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކާޓްރިޖް ރިބަން ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާނު

 

ކާޓްރިޖް ރިބަން ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުކުރާ ފާސްތައް ޕްރިންޓްކުރުމަށް ބޭނުންވާ ކާޓްރިޖް ރިބަންތައް، މި ކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކޮމިޝަނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ގަޑި

ދުވަސް

ތާރީޚް

ތަފުސީލު

11:00

އަންގާރަ

18 އޮކްޓޫބަރު 2016

 މަޢުލޫމާތު ސާފުކުރުން

11:00

އަންގާރަ

25 އޮކްޓޫބަރު 2016

 އަންދާސީހިސާބު ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

12 މުޙައްރަމް 1437

13 އޮކްޓޫބަރު 2016
ހޯދާ