މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުގައިވާ ވިޔަފާރި ގޮޅިތައް ކުއްޔަށް ދޫކުރުން

އިޢުލާން

ބަނދަރު ސަރަޙައްދުގައިވާ ވިޔަފާރި ގޮޅިތައް ކުއްޔަށް ދޫކުރުން

ހުޅުދުއްފާރު ބަނދަރު ސަރަޙައްދުގައިހުރި ވިޔަފާރި ގޮޅިތައް ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. މި ވިޔަފާރި ގޮޅިތައް ކުއްޔަށް ނަގަން ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 13:00 އަށް ހުޅުދުއްފާރު ކައުންސިލުގެ އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ހުޅުދުއްފާރު ކައުންސިލުގެ އިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނޭވާހަކަ ވެސް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ސިޓީއެއް އަދި ބަދަލުގައި ފޮނުއްވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުންޏެއްގެ ފަރާތުން އަންނަ ކަމުގައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް އަދި ކުންފުނީގައި މީހާގެ ހައިސިއްޔަތު އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ