ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑިޔުކޭޝަނަލް ޓްރޭނިންގ ސެންޓަރ ޑިޖިޓަލް ކުރުމަށް

ވިލުފުށީ އެޑިޔުކޭޝަނަލް ޓްރޭނިންގ ސެންޓަރ ޑިޖިޓަލް ކުރުމާބެހޭ

ވިލުފުށީ އެޑިޔުކޭޝަނަލް ޓްރޭނިންގ ސެންޓަރ ޑިޖިޓަލް ކުރުމަށް ބޭނުންވާ މެޝިނަރީޒާއި ތަކެތި ގަނެ، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހަޅުއްވަންވާނީ، ތަކެތި ވިއްކުމުގެ އަގާއި، އިންސްޓޯލް ކޮށްދިނުމުގެ އަގު ވަކިވަކިންނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 13:00 ގައި ވިލުފުށީ ކައުންސިލުގެ އިދާރާގެ ކޮންފަރެންސްހޯލުގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 13:00 ގައި ވިލުފުށީ ކައުންސިލުގެ އިދާރާގެ ކޮންފަރެންސްހޯލުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުން މަޢުލޫމާތު ސާފުކުރާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއަކާއި މަޢުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 6780701 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016
ހޯދާ