ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސްތައް ނަގައި ބިން ސާފުކުރުމަށް

އިޢުލާން

މިރަށުގައި އަލަށް ހަދާ ޤަބުރުސްތާނުގެ ބިމުގައިހުރި ރުއްގަސްތައް ނަގައި އެ ބިން ސާފުކުރުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2016 އޮކްޓޫބަރު 17 ވަނަ ދުވަހުގެ 13.00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 13:00 އަށް މަސައްކަތް ކޮށްދެވޭނެ އަގު ބަޔާންކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި ނެރުނު ނަންބަރު: (IUL)257/257/2016/27 (1 މާރިޗު 2016) އިޢުލާން، އިދާރީ މައްސަލައަކާ ގުޅިގެން ވަނީ ބާޠިލުކުރެވިފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

5 މުޙައްރަމް 1438

06 އޮކްޓޫބަރު 2016
ހޯދާ