ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާބަނދަރު ސަރަޙައްދުގެ ލޭންޑް އޭރިޔާ ވަކިކުރަން

އިޢުލާން

އާ ބަނދަރު ސަރަޙައްދުގެ ލޭންޑް އޭރިޔާ ވަކިކުރަން ބޭނުންވެއްޖެއެވެ.

މިރަށުގެ އާ ބަނދަރު ސަރަޙައްދުގައިވާ ހުސްބިންތަކުގެ ލޭންޑް އޭރިޔާ ވަކިކުރުމުގެ މަސައްކަތްކުރަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތްތަކުން 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް އަންގައި އިޢުލާން ކުރަމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

06 އޮކްޓޫބަރު 2016
ހޯދާ