މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އޮފީސްގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެެއް ހޯދުމަށް

އިޢުލާން

އޮފީސްގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެެއް ހޯދަން:

މި ސަރވިސްއަށް 25 އޮފީސްގޮނޑި (އަތްގަނޑުލީ) ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު MMS-A/2015/33 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، ދެވަނަ ފަހަރަށް އިޢުލާން ކޮށްގެން ބިޑް ހުށަހެޅި ފަރާތްތަކުން މަޢުލޫމާތު ފުރިހަމަކޮށްފައިނުވާތީ، އަންދާސީހިސާބުތައް ވަނީ ކެންސަލްކުރެވިފައެވެ.

ވީމާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް މިތަކެތި ބިލްކުރާގޮތަށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތުޝީޓު

  • ގޮނޑީގެ އަދަދު: 25 އޮފީސްގޮނޑި އަތްގަނޑުލީ  (ލެދަރ، ލޯބެކް)
  • ގޮނޑިތައް ހުޅުލެއަށް ގެނެސް މި ސަރވިސްއާ ހަވާލުކުރުން

އަންދާސީހިސާބު ހުށަހެޅުމުގައި ސަމާލުކަންދޭންވީ ކަންތައްތައް:                  

  • ތަކެތި ގެނައުމަށް ނަގާ އަގު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
  • އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ގޮނޑިއަކަށް ޖެހޭ ރޭޓާއި ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
  • ޑެލިވަރީ ކޮށްދެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
  • ތައްޔާރުކުރާ އަންދާސީހިސާބަށް 2 (ދޭއް) މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
  • މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ތަކެތި އަގަކާނުލައި ރިޕްލޭސް ކޮށްދެއްވަންވާނެއެވެ.
  • އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުންވާނެއެވެ.

ކުންފުނީގެ ޕްރޮފައިލް

ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު

ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ

ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ

  • ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފުސީލު

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

75

  1. މުއްދަތު:

15

  1. ތަޖުރިބާ:

10

ހުށަހެޅޭ އަންދާސީހިސާބު ބާޠިލު (ޑިސްކޮލިފައި) ކުރެވޭނެ ގޮތްތައް:  

  1. ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގު ހުށަހެޅިފައި ނެތުން.
  3. އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާ ދެމެދު ވެވިފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

4 މުޙައްރަމް 1438

05 އޮކްޓޫބަރު 2016
ހޯދާ