މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އޮފީސް ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެެއް ހޯދަން

މި އިޢުލާންވަނީ 12 އޮކްޓޫބަރު 2016 12:34 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

އޮފީސް ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސަރވިސްއަށް 25 އޮފީސްގޮނޑި(އަތްގަނޑުލީ) ހޯދަން ބޭނުންވެގެން ކުރެވުނު ފުރަތަމަ ނަންބަރު MMS-A/2015/33 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، ދެވަނަ ފަހަރަށް އިޢުލާންކޮށްގެން ބިޑް ހުށަހެޅި ފަރާތްތަކުން މަޢުލޫމާތު ފުރިހަމަކޮށްފައި ނުވާތީ އަންދާސީހިސާބުތައްވަނީ ކެންސަލްކުރެވިފައެވެ.

ވީމާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް މި ތަކެތި ބިލުކުރާގޮތައް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ޝީޓު

  • ގޮނޑީގެ އަދަދު: 25 އޮފީސްގޮނޑި އަތްގަނޑުލީ  (ލެދަރ، ލޯބެކް)

  • ގޮނޑިތައް ހުޅުލެއަށް ގެނެސް މި ސަރވިސްއާ ހަވާލުކުރުން.

އަންދާސީހިސާބު ހުށަހެޅުއްވުގައި ސަމާލުކަންދޭންވީ ކަންތައްތައް:                   

  • ތަކެތި ގެނައުމަށް ނަގާނެ އަގު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.

  • އަންދާސީހިސާބުގެ ޖުމުލަ އަގުގެ އިތުރުން ގޮނޑިއަކަށް ޖެހޭ ރޭޓާއި ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.

  • ޑެލިވަރީ ކޮށްދެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.

  • ތައްޔާރުކުރާ އަންދާސީހިސާބަށް 2 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.

  • މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ ތަކެތި އަގަކާނުލައި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.

އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.

  • ކުންފުނީގެ ޕްރޮފައިލް

  • ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ތަފުސީލު

  • ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ

  • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

ދެވިފައިވާ މަޢުލޫމާތާބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފްސީލް

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

75

  1. މުއްދަތު:

15

  1. ތަޖުރިބާ:

10

 

 

 

 

ހުށަހެޅޭ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވޭނެ ގޮތްތައް:  

  1. ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގު ހުށަހެޅިފައި ނެތުން.
  3. އަންދާސީހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއެކު ކޮށްފައިވާ އެއްބަސްވުމަކާ ޚިލާފުވެގެން "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

04 މުޙައްރަމް 1438

05 އޮކްޓޫބަރު 2016
ހޯދާ