އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ގިންތި: ވަގުތީ (2 އަހަރު)

ބޭނުންވާ އަދަދު: 1

މަޤާމުގެ ނަންބަރު: 285051-J

މަޤާމު: އެސިސްޓެންޓް ފައިނޭންސް އޮފިސަރ

ރޭންކް: ޖީ. އެސް. 3

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

މުސާރަ: މަހަކު -/4465 ރުފިޔާ  

އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

އޮފީސް: އދ. އަތޮޅު މަންދޫ ކައުންސިލުގެ އިދާރާ

ޔުނިޓް: ފައިނޭންސް

ސެކްޝަން: - ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭތަން: އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލުގެ އިދާރާ/ އދ.މަންދޫ

  1. ފައިނޭންސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠު

1. އިދާރާގެ ފައިސާގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުމާއި، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ބިލްތަކަށް ފައިސާ ދެއްކުމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރުން.

2. އޮފީހުން ދޫކުރަންޖެހޭ އެކިބާވަތުގެ ވިޔަފާރި ހުއްދައާއި، ލައިސަންސް އަދި ވިޔަފާރިއާއި، އިޤްތިޞާދީ ކަންކަމާގުޅޭ ރަޖިސްޓަރީ ދޫކުރުމާއި، އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ ދޫކުރުމާއި، އެފަދަ ކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

3. އިދާރާގެ ފައިސާގެ އެންމެހާ ލިޔެކިޔުންތައް ހަރުދަނާ އިންތިޒާމެއްގެ މަތިން ރައްކާތެރިކަމާއެކު ބެލެހެއްޓުން.

4. އިދާރާއަށް ބަލައިގަންނަންޖެހޭ އެންމެހައި ފައިސާ ބަލައިގަތުމާއި، ދޫކުރަންޖެހޭ ފައިސާ ދޫކުރުން.

5. މަހުން މަހަށް އެކައުންޓްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ކޮންމެ ހަފުތާއަކު ތިޖޫރީގެ ރިޕޯޓު ތައްޔާރުކުރުމާއި، ފައިސާގެ ކަންކަން ހިނގަމުންދަނީ ރަނގަޅަށްކަން ކަށަވަރު ކުރުން.

6. ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އިދާރާގެ އާމްދަނީ އިތުރުކުރުމަށާއި ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު

މަޤާމުގެ ގިންތި: ވަގުތީ (2 އަހަރު)

ބޭނުންވާ އަދަދު: 1

މަޤާމު ނަންބަރު: 285138-J

މަޤާމު: އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

ރޭންކް: ޖީ. އެސް. 3

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

މުސާރަ: މަހަކު -/4465 ރުފިޔާ 

އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޮފީސް: އދ. އަތޮޅު މަންދޫ ކައުންސިލުގެ އިދާރާ

ޔުނިޓް: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

ސެކްޝަން: -

ވަޒީފާ އަދާކުރަންޖެހޭ ތަން: އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލުގެ އިދާރާ/ އދ.މަންދޫ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓް / ފައިނޭންސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠު

1- ރަށުގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޛު ކުރުމަށް، ރަށު ކައުންސިލާއި ސަރުކާރުން ހަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތަކާއި ކައުންސިލުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.

2- ކައުންސިލުގެ ނަމުގައިވާ ބިންބިމާއި ފަރާއި ފަޅުފަދަ ތަންތަން ކުއްޔަށް ދޫކުރުމާއި، އަދި މިފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި، މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލުގެ ނަމުގައި މިލްކުކުރުން.

3- އަތޮޅު ކައުންސިލުގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި، ދިނުން.

4- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި، ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.

5- އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު

މަޤާމުގެ ގިންތި: ވަގުތީ (2 އަހަރު)

ބޭނުންވާ އަދަދު: 1

މަޤާމު ނަންބަރު: 285139-J

މަޤާމު: އެސިސްޓެންޓް ޕްލޭނިންގް އޮފިސަރ

ރޭންކް: ޖީ. އެސް. 3

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

މުސާރަ: މަހަކު -/4465 ރުފިޔާ  

އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޮފީސް: އދ. އަތޮޅު މަންދޫ ކައުންސިލުގެ އިދާރާ

ޔުނިޓް: މުނިސިޕަލް ސަރވިސަސް ޔުނިޓް

ޔުނިޓް: މުނިސިޕަލް ސަރވިސަސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލުގެ އިދާރާ/ އދ.މަންދޫ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓް / ފައިނޭންސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓް / ސްޓެޓިސްޓިކްސް / ތިމާވެށްޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠު

1- ރަށުކައުންސިލުން ކަނޑައަޅާ ތަރައްޤީގެ މަޝްރޫޢުތަކާއި، ޕްލޭންތައް ރޭވުމާއި، އެކަންކަން މޮނިޓަރކޮށް ބެލެހެއްޓުމާއި، އެކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުމާއި، އެކަންކަމުގެ ރެކޯޑު ބެލެހެއްޓުން.

2- ރަށުކައުންސިލުން ދިނުމަށް ޤާނޫނުން ލާޒިމުކުރާ ޚިދުމަތްތައް ދެނެގަނެ އެ ޚިދުމަތްތައް ދެވޭނެގޮތްތައް ރޭވުމާއި، އެފަދަ ޚިދުމަތްތަކަށް ފީ ކަނޑައެޅުމުގެ ކަންތައް ބެލެހެއްޓުމާއި، އެފަދަކަންކަމާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް ޑްރާފްޓްކުރުމާއި، ލިޔެ ބެލެހެއްޓުން.

3- ރަށުކައުންސިލުން ހިންގާ ތަރައްޤީގެ ޙަރަކާތްތަކާ ގުޅިގެން ނުވަތަ އެނޫންވެސް ގޮތަކުން ތިމާވެށްޓަށްކުރާ އަސަރު ދެނެގަތުމާއި، ތިމާވެށްޓާބެހޭ މަޢުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދީ އެކަމާބެހޭ ރެކޯޑު ބެލެހެއްޓުން.

4- ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަދި ލޭންޑްޔޫސް ޕްލޭން ހެދުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމާއި، މިނޫންވެސް އެކިއެކި ޕްލޭންތަކާ ގުޅިގެން ލަފަޔާއި އިރުޝާދު ހޯދަންޖެހޭ އެކިއެކި ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ހޯދައި، ކަމާބެހޭ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.

5- ސަރުކާރުގެ ފަރާތުންނާއި، ރަށުކައުންސިލުން އަދި އެހެނިހެން ގޮތްގޮތުން ހިންގާ އެކިއެކި މަޝްރޫޢުތަކާއި، ދޭންޖެހޭ ޚިދުމަތްތަކާ ގުޅިގެން ކުރަންޖެހޭ ސަރވޭ އަދި ދިރާސާކުރުމުގެ ކަންކަން ބަލަހައްޓައި، ތަރައްޤީގެ އެކިއެކި ކަންކަމަށް ބޭނުންވާ ޑޭޓާތައް ހޯދައި ބެލެހެއްޓުން.

6- މީގެ އިތުރުންވެސް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލުގެ ޒިންމާދާރުވެރިޔާ އަންގާ ކަންކަން ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު

ތަޢުލީމާއި ތަމްރީނު   (ކަނޑައެޅިފައިވާ އިންސައްތަ) %49

މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ) % 08

އިންޓަރވިއު       (ކަނޑައެޅިފައިވާ އިންސައްތަ) %43

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަރވިއު މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާއަށް ނުވަތަ އދ. މަންދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected]  ، ފެކްސް ނަންބަރު: 6680522  އިން ވެސް ހުށަހެޅިދާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާއިން އަދި އދ. މަންދޫ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކްލެސިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެހާއެކު)

7- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވާނަމަ، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާގެ ފޯނުނަންބަރު 6680507 ، ފެކްސް 6680522

އީމެއިލް. [email protected]

އިތުރު މަޢުލޫމާތު

26 ސެޕްޓެންބަރު 2016
ހޯދާ