ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް މަރާމާތު ކުރުމާއި، ކުލަލުމަށް

އިޢުލާން

މިރަށުގެ މަސްޖިދުލްޢަމަލު މިސްކިތް މަރާމާތު ކުރުމާއި ކުލަލުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ 10:30 އަށް މަސްޖިދުލްޢަމަލު މިސްކިތުގެ ގޯތިތެރެއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މަސައްކަތް ކޮށްދެވޭނެ އަގު ބަޔާންކޮށް، ބާރަށު ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވަނީނަމަ، ބަދަލުގައި މީހަކު ފޮނުވިކަން އަންގައިދޭ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޛުލްޙިއްޖާ 1437                          

26 ސެޕްޓެންބަރު 2016
ހޯދާ