މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ރާޑަރ ސައިޓަށް 20 ކޭވީއޭ ގެ ޔޫޕީއެސްއެއް ހޯދުމާބެހޭ

އިޢުލާން

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ރާޑަރ ސައިޓަށް 20 ކޭވީއޭ ގެ ޔޫޕީއެސްއެއް ހޯދުމާބެހޭ

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ހުޅުލޭގައި ހުންނަ ރާޑަރ ސައިޓަށް 20 ކޭވީއޭ (20 KVA) ގެ ޔޫޕީއެސްއެއް ހޯދުމާއި އެ ތަނަށް މި ޔޫޕީއެސް ފޯރުކޮށްދީ ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 28 ވާ ބުދަ ދުވަހުގެ 11:00 ގައި ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 އޮކްޓޫބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސަރވިސްއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

18 ޛުލްޙިއްޖާ 1437

 

20 ސެޕްޓެންބަރު 2016
ހޯދާ