މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ހަނިމާދޫ ކްލައިމެޓް އޮބްޒަރވޭޓްރީގެ ޓަވަރު މަރާމާތުކުރުމާއި ކަރަންޓް ވަޔަރުކުރުމާބެހޭ

އިޢުލާން

ހަނިމާދޫ ކްލައިމެޓް އޮބްޒަރވޭޓްރީގެ ޓަވަރު މަރާމާތުކުރުމާއި ކަރަންޓް ވަޔަރުކުރުމާބެހޭ

މޯލްޑިވްސް ކްލައިމެޓް އޮބްޒަރވޭޓްރީ، ހަނިމާދޫގެ ސައިންޓިފިކް އާލާތްތައް ބެހެއްޓިފައިވާ 52.5 ފޫޓުގެ އުސް ދަގަނޑު ޓަވަރު މަރާމާތުކުރުމާއި މި ޓަވަރުގެ ކަރަންޓް ވައިރު ރަނގަޅުކުރުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހދ. ހަނިމާދޫގައި ހުންނަ ކްލައިމެޓް އޮބްޒަރވޭޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހދ. ހަނިމާދޫގައި ހުންނަ ކްލައިމެޓް އޮބްޒަރވޭޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

18 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ