މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން

އިޢުލާން

ނ. މާޅެންދޫ "ރަންދެލި" ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާ ބެހޭ:

ނ. މާޅެންދޫ "ރަންދެލި" އެވެ ކިޔާ ގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން އެ ރަޖިސްޓަރީ ހަދައިދިނުމަށް އެދި މި ކައުންސިލަށް ހުށަހަޅާފައިވާތީ، ނ. މާޅެންދޫ ޙުސައިން އަޙްމަދުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނ. މާޅެންދޫ "ރަންދެލި" އެވެ ކިޔާ ގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

28 ޛުލްޤަޢިދާ 1437

31 އޮގަސްޓް 2016
ހޯދާ