އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކުޑަކުދިންގެ ޕާކުގެ ވަށައި މަގުފާރު ރޭނުމާބެހޭ

މި އިދާރާއިން ދައްކާ މިންތަކަކަށް، މިރަށުގެ ކުޑަކުދިންގެ ޕާކުގެ ވަށައި މަގުފާރުގެ ފައުންޑޭޝަން އެޅުމާއި، ތަނބު ޖެހުމާއި، މަތީބެރި އަޅައި ރާނައި ދެފަރާތުގައި ސިމެންތި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 10:00އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ކުޑަކުދިންގެ ޕާކުގެ ވަށައި މަގުފާރު ރޭނުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ދުރުވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                             

6 ޛުލްޙިއްޖާ 1437

08 ސެޕްޓެންބަރު 2016
ހޯދާ