އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނާރެސް (ކުރީގެ އިންޖީނުގެ ހިންގި) ގޯތީގެ މަގުފާރު ރޭނުމާބެހޭ

މިރަށު "ނާރެސް" (ކުރީގެ އިންޖީނުގެ ހިންގި) ގޯތީގެ މަގުފާރު މިއިދާރާއިން ދައްކާ މިންތަކަކަށް ފައުންޑޭޝަން އެޅުމާއި، ތަނބުޖެހުމާއި، މަތީބެރި އަޅައި ރާނައި ދެފަރާތުގައި ސިމެންތި ޖެހުމާއި، އެތެރެއަށް ވަދެނިކުމެވާނެ ތިން ގޭޓް ހެދުމާއި، ފާޚާނާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުން ވެފައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 11:00 އަށް މިއިދާރައަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ނާރެސްގޯތީގެ މަގުފާރު ރޭނުމާބެހޭ" މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާންކުރީމެވެ.                                             

6 ޛުލްޙިއްޖާ 1437

08 ސެޕްޓެންބަރު 2016
ހޯދާ