އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޓާ ކެފޭ ރެސްޓޯރަންޓު ހިންގުމުގެ ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށްދޫކުރުން

އިއުލާން

އަރިއަތޮޅު ދެކުނުބުރީ އޮމަދޫގެ އުތުރުފަރާތުގެ ބަނދަރު ސަރަޙައްދުގައިވާ، ސަރަޙައްދު ޗާޓުގެ ނަންބަރު 8 ގައި އޮތް، 1200 އަކަފޫޓުގެ ބިން، ހޮޓާ، ކެފޭ، ރެސްޓޯރެންޓު ހިންގުމުގެ ވިޔަފާރިކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ނިންމައިފީމެވެ. އެގޮތުން އެ ބިން ކުއްޔަށް ދިނުމަށްޓަކައި ހެދިފައިވާ މަޢުލޫމާތުކަރުދާސް ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ކަރުދާހުގެ އަގަކީ -/1،000ރ (އެއްހާސް) ރުފިޔާއެވެ.

މި ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 90/- (ނުވަދިހަ) ލާރިއެވެ. މި އުސޫލުން އެބިމުގެ ޖުމްލަ އަގަކީ -/1092ރ (އެއްހާސް ނުވަދިހަ ދެ ރުފިޔާ) އެވެ.

ވީމާ، މި ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ކައުންސިލުގެ އިދާރާއިން ދޫކުރާ ނަމޫނާއާ އެއްގޮތަށް ސިޓީ ހުށަހަޅަމުން ގެންދެވުން އެދެމެވެ. ހުށަހަޅާ ސިޓީގައި ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ފުރިހަމަވާންވާނެއެވެ. އަދި ސިޓީއާއެކު މަޢުލޫމާތުކަރުދާސް ގަތުމަށް ފައިސާދެއްކި ރަސީދުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

1. ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް: (ކުންފުންޏަކުން ހުށަހަޅާނަމަ އެ ކުންފުންޏެއްގެ ނަމާއި އެޑްރެސް)

2. ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު: (ކުންފުންޏަކުންނަމަ، ރަޖިސްޓަރީ ނަންބަރު)

3. ހުށަހަޅާ އަގު: (އަކަފޫޓަކަށް ބަލައިގެން)

4. ބިމުގެ ނަންބަރާއި މިން: (އަކަފޫޓުން)

ހުށަހަޅާ ސިޓީތަކުގައި މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަ ނުވާނަމަ، އެ ސިޓީތައް ބާޠިލުކުރެވޭނެއެވެ.

ބިން ކުއްޔަށް ހިފުމަށްޓަކައި ސިޓީ ހުށަހަޅައިގެން އެ ބިމެއް އެފަރާތަކަށް ލިބުމުން އެގުރީމެންޓްގައި ސޮއިނުކޮށްފިނަމަ، އެކަމުން ކައުންސިލުގެ އިދާރާއަށާއި ރައްޔިތުންނަށް ލިބޭ މާލީ ގެއްލުމުގެ ބަދަލުގައި -/500ރ (ފަސްސަތޭކަ) ރުފިޔާއާއި -/5000ރ (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަރާތަކަށް އދ. އޮމަދޫގެ އެހެން ބިމެއް ކުއްޔަށް ހިފުމަށް ކުރިމަތިލެވޭނީ، އެ ފައިސާ ކައުންސިލުގެ އިދާރާއަށް ދެއްކުމަށްފަހު، ފައިސާ ދެއްކި ރަސީދުގެ ކޮޕީއާއެކުގައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

30 އޮގަސްޓް 2016
ހޯދާ