ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ -ގްރޭޑް 1 (އައި.ޓީ ސެކްޝަން)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ  ނަން:        ސީނިއަރ އޮފިސަރ -ގްރޭޑް 1 (އައި.ޓީ ސެކްޝަން) 

ވަޒީފާ އަދާކުރަންޖެހޭ ތަން:  ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މަސައްކަތުގެ ދާއިރާ:     އައި.ޓީ ސެކްޝަން / ކޯޕަރޭޓް ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު:       1

އަސާސީ މުސާރަ:      މަހަކު -/6،500 ރުފިޔާ 

ޢިނާޔަތްތައް:    

- މާކެޓް އެލަވަންސްގެ ގޮތުގައި -/5،000 ރުފިޔާ

- ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބޭ އެހެނިހެން ޢިނާޔަތްތައް

ޝަރުޠުތައް:    

- އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރޒް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  މީގެ އިތުރުން ގްރެފިކްސް ޑިޒައިނިންގއާއި ލޭއައުޓްގެ މަސައްކަތަށް އަހުލުވެރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- އޮތޯރިޓީގެ ސަރވަރއައި، ވެބްސައިޓާއި އިންޓްރާނެޓް އަޕްޑޭޓްކުރުމާއި ބެލެހެއްޓުމުގައި ސެކްޝަން ހެޑަށް އެހީތެރިވުން 

- އައި.ޓީ އެސެސްމަންޓް ރިޕޯޓު ހެދުމާއި ރަނގަޅުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަމެއް ސެކްޝަން ހެޑަށް ރިޕޯޓް ކުރުން 

- އޮތޯރިޓީގެ އައި.ޓީ އިންފްރާސްޓްރަކްޗަރގެ ހާލަތު ދެނެގަތުމާއި ރަނގަޅުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން ރިޕޯޓުކުރުމާއި އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- އެޕްލިކޭޝަން ފޯމު

- ކަރިކިއުލަމް ވިޓާ (ސީވީ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ލިބިފައިވާާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ އެޓެސްޓްކޮށްފައި)

- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް

- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސް އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮތޯރިޓީގެ ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް        

ނޯޓު:

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި އިންޓަރވިއުއަށް ހާޒިރުވާއިރު ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އަސްލު ގެންނަންވާނެއެވެ.

- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އޮތޯރިޓީން ކަނޑައަޅާ މައުޟޫއެއްގެ މައްޗަށް ބިނާކޮށް ދިވެހި ނުވަތަ އިނގިރޭސި ބަހުން 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، މި އޮތޯރިޓީން ކަނޑައަޅާ ލިޔުމެއް ދިވެހި ބަހަށް އަދި އިނގިރޭސި ބަހަށް ތަރުޖަމާކުރަންވާނެއެވެ. 

- މި މަޤާމަށް މުވައްޒަފަކު ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި އިންޓަރވިއުއަށް ބަލައި، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތެއްގެ ކުށުގެ ރިކޯޑަށް ބެލުމަށްފަހުު ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ އެއްވެސް ރެކޯޑެއް ނުވާނަމައެވެ.

- މީގެ އިތުރުން ވަޒީފާއަށް ހޮވޭ ފަރާތުން މެޑިކަލް ރިޕޯޓު ހުށަހަޅަންވާނެއެވެ. 

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 19 ވަނަ ދުވަހުގެ 11:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއި (އެޕްލިކޭޝަން) ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. އީމެއިލުން އެޕްލިކޭޝަން ހުށަހަޅުއްވާނަމަ [email protected]  އަށް އީމެއިލް ފޮނުއްވުން އެދެމެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3014109، ފެކްސް: 3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

27 ޝައްވާލް 1437

 

30 އޮގަސްޓް 2016
ހޯދާ