ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތުގެ އާބާތުރަ ފިލުވުމަށް ފަރާތެއް ހޯދުން

އިޢުލާން

3 މިސްކިތުގެ އާބާތުރަ ފިލުވުމަށް ފަރާތެއް ހޯދުން

މިރަށުގެ 3 މިސްކިތް (މަސްޖިދުއް ޝަހީދު ޢަލީ ތަކުރުފާނު، މަސްޖިދުއްސަލާމް އަދި މަސްޖިދުއްޞަލާތި) ގެ ބައެއް މަސައްކަތް އެސްޓިމޭޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 11:15 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 11:15 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން ވިޔަސް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ވަޑައިގެންނެވި ބޭފުޅެއްކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

26 ޛުލްްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ