މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް

އިޢުލާން

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީ.އެސް.3-10

 

 

މުސާރައާއި އިނާޔަތްތައް

މުސާރަ: -/12,680 ރ ، ސަރވިސް އެލަވަންސް: -/5,640 ރ އަދި ސްޕެޝަލްޑިއުޓީ އެލަވަންސް -/4,438 ރ

އަދި ވަޒީފައަށް ނުކުންނަ ކޮންމެ ދުވަހަކަށް 100/-ރުފިޔާގެ ރޭޓުން ކޮއްތު ފައިސާ ދެވޭނެއެވެ.

 

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ހުޅުލެ / މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް /މީތިއޮރޮލޮޖިކަލް ވޮޗް އޮފީސް

 

ބޭނުންވާ އަދަދު

03

 

ޝަރުޠު

1. މެތްސް،ފިޒިކްސް، ކެމިސްޓްރީ، އެޓްމޮސްފެރިކް ސައިންސް، ކްލައިމެޓޮލޮޖީ ނުވަތަ އެންވަޔަރަމަންޓަލް ސައިންސްގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2. WMO-II ނުވަތަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ނުވަތަ ދުނިޔޭގެ މޫސުމާބެހޭ ޖަމްޢިއްޔާ އިން ގަބޫލުކުރާ އިންސްޓިޓިއުޓަކުން މި ދާއިރާއިން އެއާ އެއްފެންވަރުގެ ތަމްރީނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން.

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ދުވަހުން ދުވަހަށް ސެކްޝަނުގައި ކުރެވޭ މަސައްކަތްތައް ބަލައި މޮނީޓަރ ކުރުން. 

2. ރާއްޖޭގެ މޫސުން ގޯސްވެގެން ނެރެންޖެހޭ އިންޒާރު އެސް.އޯ.ޕީ ގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ނެރެ މޫސުމާބެހޭ ޚަބަރު ތައްޔާރުކުރަންޖެހޭ ހާލަތްތަކުގައި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ބިންހެލުމާއި ސުނާމީ ފަދަ ޤުދުރަތީ ހާދިސާއެއް ދިމާވެއްޖެނަމަ އެސް.އޯ.ޕީ ގައި ކަނޑައެޅިފައިވާ ގޮތަށް ޢަމަލުކުރުން.

3. ރާއްޖޭގެ ވައިގެ ދަތުރުތަކަށް ބޭނުންވާ ޓެފް، އެންރޫޓް ،ސިގްމެޓް އަދި ފްލައިޓް ޕްލޭނަށް ބޭނުންވާ ފޯލްޑަރ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ވެބްސައިޓް އަޕްޑޭޓްކުރުން.

4. ރާއްޖޭގެ މޫސުން ކުރިޔަށްލަފާކުރާގޮތުގެ ރިޕޯޓް ތައްޔާރުކޮށް ޗެކް ލިސްޓާއި އެއްގޮތްވާ ގޮތުގެމަތިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ވެބްސައިޓްގައި ޝާއިޢު ކުރުން.

5. ޓީވީ ޕްރެޒެންޓޭޝަން ހެދުމަށް ބޭނުންވާ މަޢުލޫމާތު ދީ ސްކްރިޕްޓް ލިޔެ، ޕްރެޒެންޓޭޝަން ނިމުމުން ޗެކްކޮށް ފޮނުވަންޖެހޭ ފަރާތަށް ފޮނުވުން.

6. ވެދަރފޯކާސްޓް ޓީވީއަށް ޕްރެޒެންޓްކުރުން.

7. މީގެ އިތުރުންވެސް ވަޒީފާގެ ދާއިރާއިން ކުރަންޖެހޭ ކަންތައްތައް ކުރުން.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 3332612، އަށް ގުޅުއްވުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ފަރާތެއްކަމުގައިވުން.
  2. ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
  3. ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ ފަރާތެއްކަމުގައިވުން.
  4. ދިވެހިބަހާއި، އިނގިރޭސި ބަހުން ވަޒީފާއާ ގުޅުންހުރި ލިޔުންތައް ތައްޔާރުކުރަން އެނގޭ ފަރާތަކަށްވުން.
  5. މެޕްތަކާއި، ގްރާފްތައް އިންޓަރޕްރީޓް އެނގުން.
  6. ރާއްޖެއިން ބޭރަށް ކޯހުގައި ދާން އިއުތިރާޒެއް ނެތް މީހެއް ކަމުގައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި:

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ސިވިލްސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒް ނުކުރާކަމުގެ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ހުށަހެޅުން، އަދި ރާއްޖެއިން ބޭރުން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ ހުށަހެޅުން.

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށް އެދޭފަރާތުގެ ކާކުކަންއަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަންއެނގޭ ފަދަ ސާފު ކޮޕީ.

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސިވިލްސަރވިސް ގެ މުވައްޒަފުންގެ ފެންވަރު ރަނަގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ޖުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

  • ސުންގަޑި: 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (ހުޅުލެ) އަށް.
  • އިންޓަރވިއުއާއި ޕްރެކްޓިކަލްއާއި އިމްތިހާނު ކުރުން 2016 އޮކްޓޫބަރު 3 އާއި 2016 އޮކްޓޫބަރު 6 އާ ދެމެދު މި ސަރވިސްގައި އޮންނާނެއެވެ.

 

27 ޛުލްޤަޢިދާ 1437

 

                                                   

 

 

30 އޮގަސްޓް 2016
ހޯދާ